ރައީސް ނަޝީދާ ، ޝާހިދު ބައްދަލުވުމަށްފަހު...
ރައީސް ނަޝީދާ ، ޝާހިދު ބައްދަލުވުމަށްފަހު...
ހަބަރު 23 Dec 2025 | 09:30

ރައީސް ނަޝީދާއި ޝާހިދު، ސައްލާކުރެއްވީ ކޮންކަމަކާ؟

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީ އެތެރޭގައި ވަރަށްބޮޑަށް ހިޔާލުތަފާތުވެފައިވަނިކޮށް، ރޭގެ ވަގުތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އާ ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންގެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ޝާހިދު ދިރިއުޅުއްވާ ގެކޮޅު ހ.ރަބީއީ މަންޒިލްގައެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދާއި ޢަބްދުﷲ ޝާހިދު ބޭއްވި ބައްދަލުކުރެއްވުމުގައި މުހިންމު ދެ ކަމެއްގައި މަޝްވަރާކުރެވުނެވެ. އެއްކަމަކީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުންނެވެ. އެގޮތުން އިންތިހާބުގައި އެމްޑީޕީއަށް ވީހާވެސް ގިނަ ގޮނޑިތަކެއް ކާމިޔާބުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރައީސް ނަޝީދާ ، ޝާހިދު ބައްދަލުވުމަށްފަހު...

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ކުރިއަށްއޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެމްޑީޕީގެ ތެރޭގައި ހިޔާލް ތަފާތުވުމެއް އުފެދިފައިވާއިރު، މި ދެ ބޭފުޅުން ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނޭ ކަމަށް ވަނީ ބެލެވިފައެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށްމިއޮތް ދުވަސްތަކުގައި ރައީސް ސޯލިހް މާލެވަޑައިގަތުމާއެކު ރައީސް ނަޝީދު ވަނީ އެމަނިކުފާނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއަށްފަހު، ދެ ބޭފުޅުންގެ ގުޅުން އަދިވެސް އެހާ ރަނގަޅުނޫންކަމަށް މައުލޫމާތު ލިބެއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ސޯލިހް ބަޔަތު ހިއްޕަވައިގެން ހުންނެވީ މިހާރުގެ މޭޔަރު، އާދަމް އާޒިމާ އެކުގައެވެ. ރައީސް ނަޝީދު އަލީ އާޒިމް ކޮޅުގައި ހުންނެވިއިރު، ޝާހިދު އަދި ހުންނެވީ ވަކި ފަރާތަކަށް ނުޖެހިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...