N/A
N/A
ހަބަރު 15 Oct 2018 | 06:48

ބީބީސީގެ ފެއަރނެސް!! ބުނާނެ އެއްޗެއް އެބައޮތްތޯއެވެ؟

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

މިފަހަކަށްއައިސް ބީބީސީ އޮންލައިން ހުޅުވައިލާ ކޮންމެ ދުވަހަކު ޓޮޕްހެޑްލައިނަކަށް އަރުވާފައި އޮންނަނީ ސައޫދީ އަރަބިއްޔާގެ ރައްޔިތެއްކަމަށްވާ ޖަމާލް ކަޝޯގީއެއްގެ ވާހަކައެވެ. ބީބީސީ އެކަންޏެއްނޫނެވެ. ވެސްޓަން ގިނަ މީޑިއާތަކުގެ އިތުރަށް ގަތަރުގެ އަލްޖަޒީރާގެ އޮންލައިންގެ އެންމެ ކުރިއަށް ކަޅު ޕޭޖެއް ކަޝޯގީއަށް ޚާއްސަ ކޮށްފައިވެއެވެ.

ބީބީސީގެ ޓޮޕްހެޑްލައިންގެ ގޮތުގައި ކަޝޯގީގެ ޚަބަރު ގެންގުޅެނީ އެއީ އަރަބި ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމު ކަމަށްވާ ސައޫދީ އަރަބިއްޔާ ސަރުކާރުން ރާވައިގެން ހިންގާފައިވާ ކަމެއްކަމަށް ވަރަށް ބޮޑަށް ތުހުމަތުކުރެވޭތީ، އެކަމުގެ ހަގީގަތް ދުނިޔެއަށް ހާމަކުރުމަށް ކަމަށް ބެލެވެއެވެ.

އަލްޖަޒީރާއަށް ބަލާނެކަމެއްނެތެވެ. ގަތަރު ސަރުކާރުން ފަންޑިންދީގެން ހިންގާ އަލްޖަޒީރާގެ އައުޓްލެޓްތަކަށް ސައޫދީ އަރަބިއްޔާގެ ޚަބަރު ޚާއްސަވަނީ އެއީ ސައޫދީ އަރަބިއްޔާއަކީ ގަތަރުގެ މިހާރުގެ އެއްނަމްބަރު ދުޝްމަން ގައުމު ކަމަށްވާތީއެވެ. ސައޫދީ ޒައާމަތަށް ކިރިޔާވެސް ކިލަނބުކަމެއް އަންނަ ކަމެއްކަމަށްވާނަމަ އަލްޖަޒީރާގެ އެންމެ ފަލަސުރުޚީއަށް އެކަން އެރުމަކީ އެއީ ހިގާނެ ކަމެކެވެ.

އަޅުގަނޑު ބަލާލަން ބޭނުންވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ އެންމެ މަތީ ސްޓޭންޑަޑްތައް ހިފަހައްޓާ ބީބީސީގެ ޓޮޕަށް ކަޝޯގީގެ ކޭސް ޚާއްސަވުމާއިމެދު އެވެ.

ޖަމާލް ކަޝޯގީއަކީ ކާކުހެއްޔެވެ. އޭނާ އަކީ ސައޫދީ ރައްޔިތެކެވެ. ސައޫދީ ރަސްކަމުގެތެރޭގައި ބޭބޭފުޅުންނަށް އެޑްވައިޒްދޭ އެޑްވައިޒަރެއްގެގޮތިގައި އޭނާ މަސައްކަތް ކޮށްފައިވެއެވެ. އެއަށްފަހު ސައޫދީ ސަރުކާރަށް ފާޑުކިޔާމީހުން ހައްޔަރުކޮށް އަދަބު ދިނުމާއިމެދު ހިތްހަމަ ނުޖެހިގެން އަމިއްލައަށް ގައުމުދޫކޮށް އެމެރިކާއަށްގޮސް ދިރިއުޅެންފަށައި ނިއުޔޯކް ޓައިމްސްގެ ކޮލަމިސްޓެއްގެ ގޮތުގައި އޭނާގެ ކަމަކީ ސައޫދީ ޒައާމަތަށް ފާޑުކިއަމުން ދިއުމެވެ. އެހެން އުޅެފައި ކައިވެނީގެ ކަމެއްގައި ތުރުކީގައި ހުންނަ ސައޫދީ އެމްބަސީއަށް އޭނާ ދިޔަފަހުން ގެއްލުނީއެވެ. ތުރުކީން ތުހުމަތުކުރަނީ އެމްބަސީތެރޭގައި އޭނާ މަރާލީކަމަށެވެ.

ބީބީސީން ޖަމާލް ކަޝޯގީއަށް އެހާބޮޑު ސަމާލުކަމެއްދެނީ ކީއްވެ؟

ބީބީސީ މި ކަޝޯގީގެ މައްސަލަ އެޑިޓޯރިއަލްގެ އެންމެ އިސްކަންދޭ މައްސަލާއިގެ ގޮތުގައި ނެގީ ކުރިން ދެންނެވިހެން ސައޫދީ ސަރުކާރަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ. އިސްލާމްދީނާއި ގުޅޭ މައްސަލަތަކާހެދި ސައޫދީ އަރަބިއްޔާއަކީ ހުޅަނގުގެ އެއްނަމްބަރު ޓާގެޓްކަމާމެދު ސުވާލެއްވެސް ނެތެވެ. ހިމޭނުން ތިބެނީ ސައޫދީގެ ތެލަށް ބަރޯސާވާންޖެހޭވަރު ބޮޑުކަމުންނެވެ.

ސައޫދީ ސަރުކާރަށް ފާޑުކިޔާ، ހުޅަނގުގެ ވެލިއުސްތަކަށް ތާއީދުކޮށް ވާހަކަދައްކާ މީހުންނަށް ޔޫރަޕްގެ ގައުމުތަކުން ޚާއްސަކަމެއް ބަހައްޓައެވެ. އެހެންނޫންނަމަ ރޮއިޓަރުގެ ބަރުމާ ނޫސްވެރިންގެ މައްސަލަ އެހެން ނުދިޔައީހެވެ. ދާދިފަހުން ބަރުމާގެ ރޯހިންގިޔާ ނަސްލުގެ މީހުން ނައްތާލުމަށް ހިންގި ގަތުލް އާއްމު ދުނިޔޭގެ ސަމާލުކަމަށް ގެނައި ރޮއިޓަރުގެ ނޫސްވެރިން ބަރުމާ ސަރުކާރުން ހިފައި ހައްޔަރުކޮށް އެމީހުން ޖަލަށް ލިއެވެ.

ދުނިޔޭގެ މީޑިއާއިން މި ހިއްވަރުގަދަ ޖަރނަލިސްޓުންގެ ޚަބަރު އެމީހުން ހައްޔަރުކުރި ދުވަހު އިވުނެވެ. ދެން ދުނިޔޭގައި އެމީހުން ތިބިކަންވެސް އެގުނީ ޖަލަށްލާން ހުކުމް ކުރުމުންނެވެ. އެއީ އާދައިގެ ސްޓޯރީއެކެވެ. އެމީހުންގެ ޚަބަރު އާދައިގެ ސްޓޯރީއަކަށްވީ އެމީހުން ނިސްބަތްވި ގައުމުގެ ގޮތުންނެވެ. އަދި އެމްބަސީއެއްގެތެރޭގައި ހިނގިކަމަކަށް ނުވާތީއެވެ.

އިންސާނިއްޔަތަށް ޚިދުމަތްކުރި މިރިޕޯޓަރުން ހިފައި ހައްޔަރުކޮށް ޖަލަށްލީތީ ބަރުމާ ސަރުކާރާއިމެދު ދުނިޔެ މިވަރަށް ކަންބޮޑުވެގެން އުޅުނުތޯއެވެ. އިސްލާމީ ދުނިޔޭގެ އެންމެ ވަރުގަދަ އެއްގައުމުކަމަށްވާ ތުރުކީ ވިލާތުގެ ސަރުކާރު ވަށްޓާލަން ބަޣާވާތެއް ގެންނަންއުޅެ އެގައުމުގެ 241 މީހުން މަރާލެވި 2000 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. އެބަޣާވާތުގެ އަޑީގައި ހުރިކަމަށް ތުރުކީން ތުހުމަތުކުރާ މީހާއަށް ހިމާޔަތްދެނީ އެމެރިކާ ސަރުކާރުންނެވެ.

ތުރުކީގެ މީހުން މެރި މީހުންނަށް ހިމާޔަތްދެނީ ޔޫރަޕްގެ ގައުމުތަކުގެ ސަރުކާރުތަކުންނެވެ. މައްސަލައަކީ ތުރުކީގައި އަތާތުރުކު ތައާރަފްކޮށްފައިއޮތް ޔޫރަޕިއަން ވެލިއުސް މިހާރު ވެރިކަމުގައި ހުރި އޮރްދޮޣާން ނައްތާލަމުންދާތީއެވެ. ފަލަސްތީނުގައި ކޮންމެ ދުވަހަކު އިސްރާއީލު ސަރުކާރު ސިފައިން ފާޅުގައި ފަލަސްތީނު މީހުން ބަޑިޖަހައި މަރައެވެ. ކުޑަކުދިންނާއި އަންހެނުންނެވެ. ނޫސްވެރިންވެސް މެއެވެ. ހަމަ ސަރުކާރުން އަޑީގައި އޮވެގެންނެވެ. އެކަމަކު ބީބީސީގެ ފަލަސުރުޚީއެއްގައި މިގޮތަށް ނުގެންގުޅެއެވެ. ދުނިޔޭގެ އެހެން ގައުމަކުން އިސްރާއީލަށް އިންޒާރެއްވެސް ނުދެއެވެ. ކުށެއްނެތް ކުޑަކުދިން މަރާތީ އެކަމުގެ ހަގީގަތް ހޯދަން އެމެރިކާގެ ރައީސް ހަރުކަށިބަސްތަކެއް ބޭނުންނުކުރައްވައެވެ. އަޅާވެސް ނުލައްވައެވެ.

އަވަށްޓެރި އިންޑިޔާ ސަރުކާރަށް ފާޑުކިޔާ ނޫސްވެރިން ސަރުކާރަށް ތާއީދުކުރާ ޖަމާއަތްތަކުން ގޮސް މަރައެވެ. ދުބާއީގެ ހޮޓަލެއްގައި ފަލަސްތީނުގެ އިސްވެރިޔަކު ހުއްޓައި އިސްރާއީލުގެ ޖާސޫސުން ދުބާއީއަށް ގޮސް އޭނާ މަރާލާފައި ފިލައިގެން ބެޗިއެވެ. އެޚަބަރުތައް ދުނިޔޭގެ މީޑިއާތަކަށް އެރިއެވެ. އެކަމަކު މިހާރު ސައޫދީއާއިހެދި މިއުޅޭ ވަރަކަށް ނޫޅެއެވެ. އދގެ ސެކްރެޓަރީ ޖެނެރަލްވެސް އެއްޗެކޭ ނުބުނެއެވެ.

އެމެރިކާއާއި އިގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުން މިދޭކަހަލަ އިންޒާރެއްވެސް ނުދެއެވެ. އެކަމަކު އެއީވެސް ހަމަ ދައުލަތްތަކުން ކުރިކަންތައްތަކެވެ. ޑިޕްލޮމެޓިކް އިދާރާއެއްގެ ތެރޭގައި ކުރިކަމަކަށް ނުވިޔަސް މަރަނީ އިންސާނުންނެވެ. ބީބީސީގެ ރިޕޯޓްތަކުގައި ސައޫދީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ކާޓޫން ޖަހައިގެން އުޅޭގޮތަށް މިދެންނެވި މައްސަލަތަކުގައި އަމަލުކޮށްފައެއް ނުވެއެވެ.

އެހެންކަމުން ބީބީސީން ސައޫދީ އަރަބިއްޔާގެ މައްސަލާގައި އަމަލުކުރަނީ އެތަނުގެ އެޑިޓޯރިއަލް ސްޓޭންޑަޑްތަކާ އެއްގޮތަށް ހަމަހަމަކަމާ އެކުކަމަށް ގަބޫލުކުރަން ދައްޗެވެ. ހަގީގަތް ހާމަކުރުމާއި އިންސާނީ ހަމަހަމަކަން ދެމެހެއްޓުމުގައި އެންމެންނަށް އެއްގޮތް ވާންޖެހެއެވެ.

ސައޫދީ އަރަބިއްޔާއެއް އިސްރާއީލެއް ތަފާތު ވެގެންނެއް ނުވާނެއެވެ. އެހެންކަމުން ސައޫދީ އަރަބިއްޔާގެ މައްސަލާގައި ބީބީސީން ކުރިއަށްނެރެނީ އިގިރޭސިވިލާތުގެ އެހެން މީޑިއާތަކުންވެސް އިސްލާމީ ގައުމުތަކާމެދު ގެންގުޅޭ ފޮރުވިފައިވާ އެޖެންޑާއެވެ. އެއެޖެންޑާ ސެޓްކޮށްފައި އޮންނަނީ ދުޝްމަންކަމާއި ނަފްރަތުގެ މައްޗަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...