މެސީ ގައުމީ ޓީމަށް 100 ލަނޑުޖެހި ތިން ވަނަ ކުޅުންތެރިޔާ
މެސީ ގައުމީ ޓީމަށް 100 ލަނޑުޖެހި ތިން ވަނަ ކުޅުންތެރިޔާ
ކުޅިވަރު 29 Mar 2023 | 03:10

އާޖެންޓީނާ ތަފާތުބޮޑުކޮށް މޮޅުވިއިރު، މެސީ ގައުމީ ޓީމަށް 100 ލަނޑު ހަމަކޮށްފި!

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އާޖެންޓީނާ އިން ކުރަކާއޯ ކޮޅަށް 7 ލަނޑު ޖެހިއިރު، އެޓީމުގެ ކެޕްޓަން ލަޔޮނަލް މެސީ ވަނީ މި މެޗުގައި ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ.

އަދި މި މެޗުގައި ކާމިޔާބުކުރި ތިން ލަނޑާއެކު މެސީ ގައުމީޓީމަށް ކުޅުނު 174 މެޗުގައި ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު ވަނީ 102 އަށް އަރާފައެވެ. އަދި މިއީ ގައުމީ ޓީމަށް މެސީ ކާމިޔާބުކުރި 9 ވަނަ ހެޓްރިކެވެ.

މިރޭގެ މެޗުގައި އާޖެންޓީނާގެ ފުރަތަަމަ ލަނޑު ފުރަތަަމަ ހާފުގެ 20 ވަނަ މިނެޓުގައި މެސީ ކާމިޔާބުކުރި އިރު އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނިކޮލަސް ގޮންޒާލޭޒް އެވެ.

އާޖެންޓީނާގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި މެސީ ކާމިޔާބުކުރި އިރު އެޓީމުގެ ހަތަރުވަނަ ލަނޑު އޭގެ ދެމިނެޓު ފަހުން 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒް އެވެ. އަދި މި މެޗުގައި މެސީ ހެޓްރިކް ފުރިހަމަ ކުރީ 37 ވަނަ މިނެޓުގައި އޭ ކާމިޔާބުކުރި ލަނޑުންނެވެ.

ދެވަނަ ހާފުގައި އާޖެންޓީނާ އިން އިތުރު ދެ ލަނޑު ކާމިޔާބު ކުރި އިރު އެޓީމުގެ ހަވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަންހެލް ޑިމާރިއާ އެވެ. އަދި އެޓީމުގެ ހަތްވަނަ ލަނޑު މެޗު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށް ޕައުލޯ ޑިބާލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ގޮންޒާލޯ މޮންޓްރިއަލް އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް