ހައްޖު ކޯޕަރޭޝަންގެ އޮޕަރޭޝަންސް މެނޭޖަރ ކުއްލި ގޮތަކަށް ވަކިކޮށްފި
ދިވެހި ސަރުކާރު ހިއްސާވާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮޕަރޭޝަންސް މެނޭޖަރ މަގާމުން ވަކިކޮށްފިއެވެ.
އެމަގާމުގައި ހުރި އަސްލަމް މަގާމުން ވަކިކުރަން އަންގައި، އޭނާއަށް މިއަދު ވަނީ ޗިޓެއް ހަވާލުކޮށްފައެވެ. އެ މަގާމުގައި އޭނާ ހުންނަތާ ދެ އަހަރު ފަހުން ވަކިކޮށްފައިވަނީ ތައުލީމާއި ތަޖުރިބާގެ ޝަރުތުތައް ފުރިހަމަނުވާ ކަމަށް ބުނެއެވެ.
އޭނާގެ ބަަދަލުގައި އެހެން ފަރާތެއް އެމަގާމަށް ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އަސްލަމް މަގާމުން ވަކިކުރުމުގެ ކުރިން އޭނާ އަމިއްލައަށް އެމަގާމުން އިސްތިއުފާ ދިނުމަށް ވަނީ އެދިފައެވެ.
ނަމަވެސް އަސްލަމް މަގާމުން ވަކިކުރުމުގެ ކުރިން ވަކިކުރާނެ ކަމުގެ ނޯޓިސްއެއް ދީފައިނުވާކަމަށްވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް