އިޓަލީއިން ޕޯލެންޑް ރެލިގޭޓް ކޮށްލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މެޗުގައި ފެނުނު ހަމައެކަނި ލަނޑު އެންމެ ފަހު ވަގުތު އިޓަލީއިން ޖަހާއި ޕޯލެންޑް ރެލިގޭޓް ކޮށްލައިފިއެވެ.
ޔޫއޭފާ ނޭޝަންސް ލީގުގައި ކުޅެވުނު މި މެޗުގައި އިޓާލީގެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތު ތެރޭގަ ކެވިން ލަސާނިއާ ހުސްކޮށްލާފަ ދިން ބޯޅައަކުން ކްރިސްޓިއާނޯ ބިރާގީއެވެ.
އާންމުކޮށް ޑިފެންސިވް ފުޓްބޯޅައެއް އިޓަލީއިން ކުޅުނު ނަމަވެސް މި މެޗުގައި އެ ޓީމުން ވަނީ ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދާއެވެ.
މޮޅު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ނިސްބަތްވާ ޕޯލެންޑަށް މުޅި މެޗުގައި ވެސް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ޕޯލެންޑުން އުފެއްފި މަދު ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިޓަލީގެ ޒުވާން ގޯލް ކީޕަރެވެ.
އިޓަލީ، ޕޯލެންޑް އަދި ޕޯޗުގަލް ހިމެނޭ މި ގުރޫޕުން އެވަނައިގަ އޮތީ ޕޯޗުގަލްއެވެ. ދެވަނައިގަ އިޓަލީ އޮތް އިރު ޕޯލެންޑް ގުރޫޕުގެ ފުލުގައި އޮތީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް