ރައީސް މައުމޫންގެ އާއިލާ ކަރެކްޝަނަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މެޑިކަލް ބޯޑްގެ ލަފާއަށް އަމަލްނުކުރުމުން ރައީސް މައުމޫންގެ އާއިލާ ކަރެކްސަން ސާރވިސްއަށް ގޮސްފިއެވެ.
މިހަފްތާގައި ކަރެކްސަންގެ މެޑިކަލް ބޯޑުން ލަފާދީފައިވާނީ ރައީސް މައުމޫންގެ ސިއްހީ ހާލަތުހުރިގޮތުން ގެއައް ބަދަލްކުރުމަށެވެ. ނަމަވެސް މިހާތަނައް އެ ލަފަޔައް އަމަލްނުކުރުމުން އެމަނިކުފާނުގެ އަނބިކަނބަލުން އަދި އާއިލާގެ ބޭފުޅުންވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ވަޑައިގެންފައެވެ.
މިޑިޔާއާ ވާހަކަދައްކަމުން ރައީސް މައުމޫންގެ އާއިލާން މިއަދު ވިދާޅުވީ މެޑިކަލް ބޯޑުން ލަފާދިފައިވަނީ ރައީސް މައުމޫންގެ ސިއްހީ ހާލަތު ހުރިގޮތުން ގެއަށް ބަދަލްކުރަން ވަނީ ލަފާދީފައެވެ. ނަމެވެސް ގެއަށް ބަދަލްކުރުން ލަސްވަނީ ކީއްވެކަމެއް ކަރެކްސަންގެ ބޭފުޅުންނަށް ނުބުނެދެވޭކަމަށް މައުމޫންގެ އާއިލާއިން ވިދާޅުވިއެވެ.
އިތުރަށް ރައީސް މައުމޫންގެ އާއިލާއިން ވިދާޅުވީ އެބޭފުޅުނަށް ކޮމިޝަނަރު އޮފް ޕްރިޒަން އާއި ބައްދަލުނުވާކަމަށެވެ ނަމަވެސް އިތުރަށް ކުރެވެންހުރި ކަންކަން ކުރަމުން އަންނަކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް