މަޖިލިސް އިންތިޚާބުގައި ހަރަކާތްތެރިވާނެ މޮނިޓަރުންނާއި، އޮބްޒާވަރުން ހޯދަނީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޮބްސަވަރުންނާއި މޮނިޓަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.
އަންނަ އެޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވަން ނިންމާފައިވާ މަޖިލީހުގެ އިންތިޚާބް އޮބްޒާވްކޮށް މޮނިޓަރ ކުރަން ބޭނުންވާ ފަރާތްތަކަށ އެފުރުސަތު ހުޅުވާލާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހާއި ހަމަށް މޮނިޓަރުންނާއި، އެބްޒާވަރުންނަށް ވާން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހަޅަން ޖެހޭނެކަމަށެވެ.
މޮނިޓަރުންނަށް ވުމަށް ހުށަހެޅޭނީ ނޫސް މަޖައްލާ ނުވަތަ ޚަބަރު ފަތުރާ ވަސީލަތެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އޮބްޒާވަރުންނަށް ވުމަށް އެދި ފޯމްލެވޭނީ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
މޮނިޓަރުންނަށް އަދި އޮބްޒާވަރުންނަށް އެދި ހުށަހެޅޭނީ 18 އަހަރު ފުރިފައިވާ ދިވެއްސަކަށެވެ. ޖިނާއީ ކުށެއް ތަންފީޒުކުރަމުންދާ ފަރާތަކަށް މޮނިޓަރަކަށް އަދި އޮބްޒާވަރަކަށްވެސް ނުވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް