ރެކޯޑެއް؛ އެންމެ އަވަަހަށް އެއް މިލިއަން ޓޫރިސްޓުން ހަމަވި އަހަރު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރާއްޖެ އަށް އެންމެ އަވަަހަށް އެއް މިލިއަން ޓޫރިސްޓުން ހަމަވި އަހަރަށް މި އަހަރު ވެއްޖެ އެވެ.
މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއްވަނަ މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ. އެއް މިލިއަން ވަނަ ފަތުރުވެރިޔަކީ އިންޑިޔާގެ ފަތުރުވެރިއެއް ކަމުގައިވާ ކާޖަލް ސިންގްއެވެ. އޭނާއަކީ އަލަތު ކައިވެންޏަށް ފަހު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައި މީހެކެވެ.
އޭނާގެ ޗުއްޓީ އޮތީ މަލަހިނި ކުޑަބަޑޮސް ރިސޯޓްގަ އެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ މަރުހަބާ ކިޔާފަ އެވެ.
މިދިޔަ 2024 ވަނައަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުގެ އަމާޒު ހިފާފަ ހުރީ މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކޮށްލަންޖެހެއެވެ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް