ހައި ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް 17 ބޭފުޅަކު ކުރިމަތިލައްވައިފި
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެއަށް ހަމަވެފައިވާއިރު އެ ދެ މަގާމަށް 17 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް 17 ބޭފުލަކު ކުރިމަތިލެއްވިއިރު، ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ އިއްޔެއެވެ.
ހައި ކޯޓުގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތި ލެއްވި ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންގެ ތެރޭގައި:
- ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މިހާރު މެމްބަރު އަލީ އަބްދުއްލަތީފް
- ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފް
- ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރު
- ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް
- ހައި ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު
- ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް
- ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އިބްރާހިމް އަލީ
- ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ
- ހޯމް މިިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު
މީގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވި ދެ މަގާމަށް މިހާރުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ މަގާމަށް ފަނޑިޔާރުން ހޯދުމަށް އިއުލާނުކޮށްފައިވަނީ އެ ކޯޓުގެ އިސް ފަނޑިޔާރު ކަމަށްވާ ޙުސައިން ޝަހީދާއި ފަނޑިޔާރު މުޙައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ.
އެ ދެ ބޭފުޅުން ސްޕްރީމްކޯޓަށް އައްޔަނުކުރެއްވީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެ މަގާމުން ވަކިކުރުމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް