މާފުށީ ވޯޓާ ސްޕޯޓްސް އޭރިއާއާއި ދިމާއަށް ގެނބުނު މީހަކު ނިޔާވެއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ކ.މާފުށި ފަޅުތެރެއަށް ގެނބުނު މީހަކަށް ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
"ވޮއިސް" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ބޭރު ގައުމެއްގެ އަންހެނަކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާފުށީ ވޯޓާ ސްޕޯޓްސް އޭރިއާއާއި ދިމާއިން، ނެރު ކައިރިއަށް މީހަކު ގެނބިފައިވާ ކަމުގެ މަޢުލޫމާތު މިއަދު 10:25 ކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި އެމީހާއަށް މާފުށީ ހެލްތު ސެންޓަރުގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށް ފަރުވާ ކުރެއްވި ޑޮކްޓަރުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އިތުރު މަޢުލޫމާތު ލިބުނު މިންވަރަކުން ހާމަކުރައްވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް