ސްޓޫޑެންޓް ލޯން ދައްކަން ލިބޭ މުއްދަތު އިތުރުކޮށްފި
ދައުލަތުގެ އެހީގައި ރާއްޖެއިން ބޭރުގައި ކިޔެވުމަށްޓަކައިދޭ ސްޓޫޑެންޓް ލޯނުގެ ގަވާއިދަށް އިސްލާހުގެނެސް، ލޯނު ދައްކަން ލިބޭ މުއްދަތު އިތުރުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަންއެވެ.
ޑރ.އިބްރާހިމް ވިދާޅުވިގޮތުގައި ސްޓޫޑެންޓް ލޯނުގެ ސްކީމަށް ގެނެވުނު ބަދަލުތަކުގެ ދަށުން ލޯނު ފައިސާ ދައްކާ މުއްދަތު ޖުމްލަ ގޮތެއްގައި 25 ޕަސެންޓްގެ މުއްދަތަކަށް އިތުރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ. އަދި ލޯނު ތަކުގެ އިންޓަރެސްޓް ރޭޓް ފަސް އިންސައްތައިން ތިން އިންސައްތައަށް ކުޑަކޮށްފައިވާކަމަށްވެސް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ.
ޑރ.އިބްރާހިމް ވިދާޅުވީ ލޯނު ސްކީމަށް ގެނެވުނު މި ބަދަލުތައް މިހާރު ލޯނު ނަގާފައިވާކުދިންގެ ލޯނުތަކަށްވެސް ހިމެނޭނެކަމަށެވެ. އެކަމާއި ގުޅިގެން ބޭންކްތަކާއި އެކު ކުރަންޖެހޭ މަޝްވަރާތައްވެސް ކުރެވިފައިވާކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވަނީ މިނިސްޓްރީގެ އަމާޒަކީ ސްޓޫޑަންޓް ލޯން ދައްކާ ފަރާތްތަކަށް އެކަން ބޮޑު ތަކުލީފަކަށް ވެގެން ދިއުން ނޫން ކަމަށް ބަޔާންކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް