އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ ވަޑައިގަންނަވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ސިންގަޕޫރަށް ކުރެއްވި އަމިއްލަދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިއަދު ރާއްޖެވަޑައިގަންނަވައިފިއެވެ.
އިބޫ އަމިއްލަދަތުރު ފުޅެއްގައި ސިންގަފޫރަށް ފުރައިވަޑައިގެންނެވީ މިމަހުގެ 7 ވަނަ ދުވަހުއެވެ.
މިދަތުރު ނިންމާލައްވާފައި ރާއްޖެ އައުމުގެކުރިން އިބޫ ވަނީ މިއަދު ހެނދުނު ލަންކާއަށް ވަޑައިގަންނަވާ ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާއާ ބައްދަލުކުރައްވާފައެވެ.
މިއީ އިބޫ ރައީސް ކަމަށް އިންތިހާބު ވި ފަހުން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރު ކަން ފާހަގަކޮށްލަން ޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް