އެސްޓަންވިލާ ކޮޅަށް ލަނޑުޖެހުމަށްފަހު ވޮލްވްސް ކުޅުންތެރިން... ފޮޓޯ: ވޮލްވްސް
އެސްޓަންވިލާ ކޮޅަށް ލަނޑުޖެހުމަށްފަހު ވޮލްވްސް ކުޅުންތެރިން... ފޮޓޯ: ވޮލްވްސް
ކުޅިވަރު 28 Feb 2026 | 05:38

ތާވަލްގެ އެންމެ ފުލުގައި އޮތް ވޮލްވްސް އަތުން އެސްޓަން ވިލާ ބަލިވެއްޖެ

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ވޮލްވްސް އަތުން ބަލިވެ ތާވަލްގެ ތިންވަނާގައި އޮވެ، ފަރަގު ބޮޑުކުރުމަށް ލިބުނު ފުރުސަތު އެސްޓަން ވިލާއިން ނަގާލައިފިއެވެ.

ވޮލްވްސް އާ ކުޅުނު މިމެޗުން އެސްޓަން ވިލާ ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ. ވޮލްވްސްގެ ދަނޑުގައި ކުޅުނު މިމެޗްގައި ފެނިގެންދިޔަ ދެ ލަނޑުވެސް ޖަހާފައިވަނީ ފަހުހާފްގައެވެ. ފުރަތަމަ ލަނޑު 61 ވަނަ މިނެޓް ތެރޭގައި އާމްސްޓްރޯންގް ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޮމޭޒް ކާމިޔާބުކޮށްދިން އިރު، ދެވަނަ ލަނޑު ޖަހައިދިނީ، މެޗްގެ އިތުރު ވަގުތުގެ ކުޅުމުގެ ތެރޭގައި ރޮޑްރިގޯ ގޯމޭޒް އެވެ.

މިމެޗުން އެސްޓަން ވިލާ ބަލިވިނަމަވެސް މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ އެސްޓަން ވިލާއިންނެވެ. އެގޮތުން އެޓީމުން ވަނީ ވޮލްވްސްގެ ކޮޅަށް ނުރައްކާތެރި 5 ހަމަލާއެއްވަރު ފޮނުވާލާފައެވެ. މިމެޗްގައި ޖުމްލަ 6 ރީނދޫ ކާޑު ވަނީ ފެނިގެން ގޮސްފައެވެ.

މެޗުން އެސްޓަންވިލާ އަށް ތިން ޕޮއިންޓް ގެއްލުމާއެކު، މެންޗެސްޓަރ ޔުނައިޓެޑާ ދެމެދުވާ ފަރަގް ވަނީ ތިން ޕޮއިންޓަށް ކުޑަވެފައެވެ.

ޕްރިމިއާ ލީގް ޕޮއިންޓް ތާވަލް... މައުލޫމާތު: ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގްގައި މިއަދު ހަވީރާ މިރޭވެސް ފޯރިގަދަ މެޗްތަކެއް ކުޅެވިގެންދާނެއެވެ. މީގެ ތެރޭގައި ލިވަޕޫލް އަދި މެންޗެސްޓަރ ސިޓީ ކުޅޭ މެޗްތައް ފާހަގަކޮށްލެވެއެވެ. މިރޭގެ މެޗޔުން ސިޓީ ބަލިވެއްޖެނަމަ ލީގް ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ.

މީގެ އިތުރުން ލިވަޕޫލް މިރޭ އަމިއްލަ ދަނޑުގައި ވެސްޓްހޭމާ ދެކޮޅަށް ނިކުންނަ މެޗަކީވެސް ލިވަޕޫލަށް ވަރަށް މުހިންމު މެޗެކެވެ. ލިވަޕޫލްގެ މިހާރު ޓާގެޓަކީ ގަދަ ހަތަރެއްގައި އޮވެ ލީގް ނިންމާލުމެވެ. އެޓީމް މިހާރު އޮތީ ތާވަލްގެ ހަވަނާގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...