އިންތިހާބާއި ބެހޭ ޝަކުވާ ހުށައެޅުމުގެ މުއްދަތު އިތުރު ކޮށްފި
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލިސް އިންތިޚާބާ ގުޅިގެން، އިންތިޚާބީ ޝަކުވާ، ވޯޓުލާ ދުވަހާއި ހަމައަށް ހައިކޯޓަށް ހުށަހެޅޭނެ ގޮތަށް ނިންމައިފިއެވެ.
ހައިކޯޓުން ބުނެފައިވަނީ ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަ ޖެއްސުމަށްޓަކައި ކަމަށެވެ.
ހައިކޯޓުން ބުނެފައިވަނީ ވޯޓުލާ ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00އަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރޭޝަން ހުޅުވިފައި ހުންނާނެ ކަމަށެވެ. އަދި އެ ކޯޓު ހުޅުވިފައި ހުންނަ ގަޑިތަތައް ފިޔަވައި އެހެން ގަޑިއެއްގައި އެފަދަ މައްސަލައެއް ހުށަހަޅާ ނަމަ، ހައިކޯޓުގެ ރެޖިސްޓްރޭޝަނާއި ގުޅުއްވައިގެން މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށްވެސް އެކޯޓުން ބުނެފައިވެއެވެ.
ހައިކޯޓުން އިތުރަށް ބުނެފައިވަނީ އިންތިޚާބީ މައްސަލަތައް ހުށަހެޅުމުގައި ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް، މައްސަލައިގެ ލިޔުންތަކާއި އެކު މައްސަލަ ހުށަހެޅުމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ. އަދި އޭގެ އިތުރުން މައްސަލަ ހުށަަހަޅާއިރު އެކަމާއި ގުޅޭ ހެކިތައް ހުށަހެޅުމަށްވެސް ސަމާލުކަން ދިނުމަށް ހައިކޯޓުން ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް