ރޯދަ ބާޒާރު: ފޮޓޯ/ އެޗްޑީސީ
ރޯދަ ބާޒާރު: ފޮޓޯ/ އެޗްޑީސީ
ވިޔަފާރި 16 Jan 2026 | 05:44

ރަމަޟާންމަހު ސެންޓްރަލް ޕާކުގައި އޮންނަ ރޯދަ ބާޒާރަށް ސްޓޯލްތައް ކުއްޔަށް ދޫކުރަން ހުޅުވާލަނީ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މި އަހަރުގެ ރަމަޟާން މަހާއި ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރޯދަ ބާޒާރު ފެސްޓިވަލް އިން ސްޓޯލް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އަންނަ އާދިއްތަ ދުވަހުން ފެށިގެން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ކުރި އިއުލާނުގައި ބުނީ، ރޯދަ ބާޒާރު ފެސްޓިވަލް އިން ސްޓޯލް ކުއްޔަށް ނެގުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލެވޭނީ އާދިއްތަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން 20 ޖަނަވަރީ ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ނިޔަލަށް ކަމަށެވެ.

އަދި އެ ކޯޕަރޭޝަނުގެ ވެބްސައިޓްގައި ޝާއިޢު ކުރެވިގެންދާ އޮންލައިން ލިންކް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ފަސްޓް ކަމް-ފަސްޓް ސާވް އުސޫލުން، ޝަރުތުހަމަވާ ފަރާތްތަކަށް ސްޓޯލް ހިންގުމަށް ކުއްޔަށް ދޫކުރެވޭނެ ކަމަށެވެ.

ފޯމު ހުށަހެޅުމާ ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު މި ކޯޕަރޭޝަންގެ ވެބްސައިޓް https://www.hdc.mv އަދި https://properties.hdc.mv/ ގައި ޝާޢިއުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޕަރޭޝަންގެ ނަންބަރު 1516 އަށް ގުޅުމަށް އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސްކޮށްފި
08 Oct 2026 ހަބަރު

ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސްކޮށްފި

ހުޅުމާލޭގައި ހިންގާ ހޮތާ، ކެފޭ އަދި ޓޭކްއަވޭ ތަކުން ގަވާއިދާ ހިލާފަށް ހުޅުމާލޭ ދުވާރުމަތީ ގޮނޑިއާއި މޭޒު ފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އި...

ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
07 Oct 2026 ހަބަރު

ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު

ހުޅުމާލެއިން ސޯޝަލް ހައުސިން ސްކީމްގެ ދަށުން ދޫކޮށްފައިވާ 12،000 އަށް ވުރެ ގިނަ ފްލެޓުގެ ތެރެއިން ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ދެބައިކުޅަ އެއްބައި ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ...

ކާބޯތަކެތި ލޭބަލްކުރުމުގެ ގަވާއިދަށް ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތައް އަހުލުވެރިކޮށްފި
07 Oct 2026 ހަބަރު

ކާބޯތަކެތި ލޭބަލްކުރުމުގެ ގަވާއިދަށް ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތައް އަހުލުވެރިކޮށްފި

އެޗްޑީސީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން، ހުޅުމާލޭގައި ޓޭކްއެވޭ ޚިދުމަތް ދޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް އ...

އިސްރަށްވެހިންގެ ދުވަހާ ގުޅުވައި "ދުޅަހެޔޮ އިސްރަށްވެހިން"ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ފަށައިފި
02 Oct 2026 ހަބަރު

އިސްރަށްވެހިންގެ ދުވަހާ ގުޅުވައި "ދުޅަހެޔޮ އިސްރަށްވެހިން"ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ފަށައިފި

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާއީ ގުޅުންތައްބަދަހިކުރުމަށް، "ދުޅަހެޔޮ އިސްރަށްވެހިން"ގެ ނަމުގައި އެޗްޑީސީއާއި ހެލްތު މިނިސްޓްރީ ގުޅިގެން ހާއްސަ ޕްރޮގްރާމެއް ފަ...

ކެފޭ ބާބެރާގެ ފުރަތަމަ އައުޓްލެޓް ހުޅުމާލޭގައި ހުޅުވައިފި
02 Oct 2026 ހަބަރު

ކެފޭ ބާބެރާގެ ފުރަތަމަ އައުޓްލެޓް ހުޅުމާލޭގައި ހުޅުވައިފި

އިޓަލީގެ މަޝްހޫރު ކޮފީ ބްރޭންޑެއް ކަމުގައިވާ ކެފޭ ބާބެރާގެ ރާއްޖޭގެ ފުރަތަމަ އައުޓްލެޓް ހުޅުމާލޭގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓެލްގައި ސޮފްޓް އޯޕެނިންގެއް ބާއްވައި ހުޅުވައިފިއެވެ. މިކަމަށްޓަކައި ބ...