ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމްގެ ތެރެއިން
ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމްގެ ތެރެއިން
ހަބަރު 02 Oct 2026 | 10:20

އިސްރަށްވެހިންގެ ދުވަހާ ގުޅުވައި "ދުޅަހެޔޮ އިސްރަށްވެހިން"ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ފަށައިފި

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާއީ ގުޅުންތައްބަދަހިކުރުމަށް، "ދުޅަހެޔޮ އިސްރަށްވެހިން"ގެ ނަމުގައި އެޗްޑީސީއާއި ހެލްތު މިނިސްޓްރީ ގުޅިގެން ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަހަރުގެ އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން، މި ޕްރޮގުރާމު އިފްތިތާހުކޮށްދެއްވީ، މިނިސްޓަރ އޮފް ހެލްތު، ވެލްފެއާ އެންޑް ފެމިލީ، ގީލާ އަލީއެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމަކީ ގިނަ އިސްރަށްވެހިން އަބަދު ގޭގައި ތިބެންޖެހޭ ޖެހުމާއި، އިޖުތިމާއީހަރަކާތްތަކުން އެކަހެރިވުން ނައްތާލައި، އެފަރާތްތަކަށް އުފާވެރި އަދި ހަރަކާތްތެރިމާހައުލެއް ގާއިމުކޮށްދިނުމުގެ މަގްސަދުގައި ރާވާފައިވާ ހަރަކާތެއް ކަމަށެވެ.

އެގޮތުން، މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ އިސްރަށްވެހިންނަށް ރަޖިސްޓްރޭޝަނާއިސެޝަންތަކުގައި ބައިވެރިވުން މުޅިން ހިލޭ ހަމަޖެހިގެންދާނެ ކަމަށް ބުންޏެވެ.

އެޗްޑީސީން މައުލޫމާތު ދޭގޮތުން މި ހަރަކާތާއެކު ކޮންމެ ހަފްތާއަކުވެސް ތިން ދުވަހު، އިސްރަށްވެހިންގެ އުމުރާ ގުޅޭގޮތަށް ރޭވިފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެކަސްރަތުތައް ކުރިއަށްގެންދާނެއެވެ. އަދި "ގޯލްޑަން އަވާ"ގެ ނަމުގައި ހަފްތާއަކު އެއްފަހަރު ނުވަތަ ކޮންމެ ދެ ހަފްތާއަކުން އެއް ދުވަހު، އިސްރަށްވެހިންނަށް ހާއްސަކޮށްގެން ބާއްވާ ހަވީރުގެ ސައެއް އޮންނާނެއެވެ.

އޭގެ އިތުރުން، މަހަކު އެއްފަހަރު ކުޑަގިރި ނުވަތަ އެނޫންވެސް ހިތްފަސޭހަ ކައިރި ރަށަކަށްދަތުރުގޮސް، އުފާވެރި މާހައުލެއްގައި އިސްރަށްވެހިންނަށް ވަގުތު ހޭދަކުރުމަށް ހާއްސަ ހަރަކާތަކާއި، އަހަރުގެ ކޮންމެ ކުއާޓަރަކު އެއްފަހަރު، އިސްރަށްވެހިންގެ ލޭގެ ޕްރެޝަރުބެލުން ފަދަ މެޑިކަލް ޗެކަޕްތައް ހެދުމާއި، ކުޑަކުދިންނާއި ޒުވާނުންނަށްއިސްރަށްވެހިންގެ ފަރާތުން ސަގާފީ މައުލޫމާތު ހިއްސާކުރުމުގެ ހަރަކާތްތައް ބޭއްވުމަށް މި ޕްރޮގުރާމުގެ ތެރެއިން ހަމަޖެހިފައިވާ ކަމަށް

މި ޕްރޮގްރާމްގެ ހުރިހާ ހަރަކާތްތަކެއްގައިވެސް ބައިވެރިންގެ ރައްކާތެރިކަމާއި ސިއްހީހާލަތަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ބައިވެރިންނަށް ބޭނުންވާދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ އިތުރުން، ސެޝަންތައް ކުރިއަށްދާވަގުތު ފަސްޓްއެއިޑްގެ ޚިދުމަތާއި، ބޯފެނާއި އަރާމުކުރާނެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނެ ކަމަށްވެސް ބުންޏެވެ.

މި ޕްރޮގްރާމަކީ އެޗްޑީސީއާއި މިނިސްޓްރީ އޮފް ހެލްތު އަދި، ހުޅުމާލެ ހޮސްޕިޓަލާއި، ފުލުހުންނާއި، ފިޒިއޯ ސޮލިއުޝަންސްގެ އިތުރުން ޕެންޝަން އޮފީހާއި، އެމްޓީސީސީއާއި، އުރީދޫ އަދި އެކިއެކި އެންޖީއޯތަކުގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

އެޗްޑީސީން ބުނީ، އެ ކުންގުނީގެ އަމާޒަކީ، މި ޕްރޮގްރާމްގެ ސަބަބުން އިސްރަށްވެހިންގެ ސިއްހީ އަދިނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، މުޅި ހުޅުމާލެއަކީ ހުރިހާ އުމުރެއްގެރައްޔިތުންނަށްވެސް އުފަލާއެކު އުޅެވޭނެ ހިތްފަސޭހަ މުޖުތަމައަކަށް ހެދުން ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދީ، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި
02 Nov 2026 ހަބަރު

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި

އެމްޓީޑީސީ ޓަވަރުގައި 10 ފަންގިފިލާ ހިމެނޭއިރު، އެ ޓަވަރު ތަރައްޤީކުރަނީ ވިޔަފާރީގެ އުސޫލުން ފަންގިފިލާތައް ކުއްޔަށްދޭ ގޮތަށެވެ. މި އިމާރާތުގައި ޕާކިންގެ އިތުރުން ކެފޭ އަކާއި، ކޮންވެންޝަން ހޯލެއް ހިމެނެއެވެ. މީގެ އިތުރުން މި އިމާރާތުގެ އެހެނިހެން ފަންގިފިލާތައް ހާއްސަކޮށްފައިވަނީ، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭނެ އޮފީސް ޖާގަތައް ހިމެނޭގޮތަށެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް
25 Oct 2026 ހަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް

ގައުމީ އުފެއްދުންތެރިކަމުގެ އެވޯޑުގައި 30 އަށްވުރެ ގިނަ ސަރުކާރު ކުންފުނިތަކާ ވާދަކޮށް އެޗްޑީސީން އެއްވަނަ ހޯދައިފިއެވެ. މި ފަހަރު ޖުމްލަ 298 އެވޯޑު ދީފައިވެއެވެ.

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ
19 Oct 2026 ހަބަރު

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ

އެޗްޑީސީން ބުނި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަންނީ ލަފައާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ފަށާފައިވާއިރު، ބަންޕަރުތައް އަޅަމުންދަނީ ފުލުހުންގެ ދިރާސާތަކުން އެކްސިޑެންޓު ގިނައިން ހިނގާކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައެވެ.