ނިހާން، ގާސިމާއި ބޮޑުތަކުރުފާނާއި އެއްފަދަކޮށްފި
ޕީޕީއެމްގެ ޕީޖީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެންބަރ އަހުމަދު ނިހާން ހުސައިން މަނިކު، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމާއި ބޮޑުތަކުުރުފާނު އަދި ދޮންބަންޑާރައިންނާއި އެއްފަދަ ކުރައްވައިފިއެވެ.
ނިހާން މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ނިހާން ވިދާޅުވީ ވިދާޅުވީ ގާސިމަކީ ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން ދިވެހި ފަސް ގަނޑާއި ރައްޔިތުން ދެކެ ލޯބިވާ ލީޑަރެއްކަން ޖޭޕީގެ ކައުންސިލްގެ މެންބަރުންގެ ތެރެއިން ބަޔަކަށް ނޭނގޭ ނަމަ ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށެވެ.
އަދި އެހެން ޓްވީޓެއްގައި ނިހާން ވިދާޅުވީ ވެރިކަމާއި ވަޒީރުކަން ބޭނުންވުމުން ގާސިމް ވަރެއް ނޯންނަ ކަމަށެވެ. އަދި އެކަންކަން ލިބުމުން ހުރިހާ އެންމެން ގާސިމްގެ މަތިން ހަނދާން ނެތޭ މައްސަލަ ގައުމީ ފެންވަރެއްގައި ބަލަން ޖެހޭ ކަމަށް ނިހާން ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް