އިލިޔާސްގެ ތައުރީފް ފުލުހުންނާއި ސިފައިނަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރިޔާސީ އިންތިހާބަށްފަހު ހަމަނުޖެހުން ހިންގަން ބަޔަކު އުޅުނު ކަމަށާއި، އެކަންކަން ހުއްޓުވާފައި ވާތީ އެކަމަށް ފުލުހުންނާއި ސިފައިންނަށް ޝޭހް އިލިޔާސް ހުސައިން ތައުރީފު ކުރައްވައިފި އެވެ.
އިލިޔާސް މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގަ އެވެ.
އިލްޔާސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ރަައްޔިތުން ނިންމެވި ނިންމެވުމާއި ގުޅިގެން ބަޔަކު ގައުމު ހަލަބޮލިކޮށްލަން އުޅުނު ކަމަށެވެ. އަދި އެކަން ހުއްޓުވީ އެކަން ހުއްޓުވުމުގައި ހީވާގި ފުލުހުންނާއި ސިފައިން ދެއްކެވި ހިތްވަރަށް އައްސަރިބަހުން ސާބަސް ދަންނަވާ ކަމަށެވެ.
މި ރިޔާސީ އިންތިހާބް އިބޫ ކާމިޔާބް ކުރައްވާފައި ވަނީ 38 ހާހަށްވުރެ ގިނަ ވޯޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް