މިފްކޯގެ ސީއީއޯގެ މަގާމަށް ފައުޒީ އައްޔަންކޮށްފި
އެސްޓީއޯގެ ދަށުން ހިންގާާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޯޕަރޭޝަން، މިފްކޯގެ ސީއީއޯގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.
މި މަގާމަށް އައްޔަންކޮށްފައިވަނީ ފާއިތުވެދިޔަ 22 އަހަރު ވަންދެން އެކުންފުނީގައި މަސައްކަތްކުރެއްވި ބޭފުޅެއްކަމުގައިވާ އިސްމާއިލް ފައުޒީއެވެ.
އެ ކުންފުނީގެ ސީއީއޯއަށް ފައުޒީ އައްޔަންކުރެވުނުއިރު ޑެޕިއުޓީ ސީއީއޯގެ މަގާމަށް އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ކުރިން ހުންނެވި ފާތިމަތު އާޝާން ވަނީ އައްޔަންކޮށްފައެވެ.
މި ބަދަލުތައް ގެނެވެމުންދަނީ އެކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް