ކެނެޑާގަ ކެނަބިސް ބޭނުން ކުރުމާއި ވިއްކުން ހުއްދަކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކެނެޑާގަ ކެނަބިސް ބޭނުން ކުރުމާއި ވިއްކުން މިއަދުން ފެށިގެން ހުއްދަކޮށްފިއެވެ.
ކެނެޑާއިން ވަނީ އެގައުމުގައި ކެނަބިސް ބޭނުން ކުރުމާއި ވިއްކުން ހުއްދަ ކުރިކަން އިއުލާން ކުރުމުގެ ކުރިން އާންމުން އެކަމާއިމެދު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތަކެއް ވެސް ހިންގާފައެވެ.
ކެނަބިސް ބޭނުން ކުރުން ހުއްދަ ކުރި ފުރަތަމަ ގައުމަކީ އުރުގުއޭއެވެ. ކެނަބިސް ހުއްދަ ކުރި ދުނިޔޭގެ ދެވަނަ ގައުމަށް ކެނެޑާ ވެފައިވާއިރު ކެނަބިސް ބޭނުންކޮށްގެން މީހުން ދުއްވާ އުޅަނދުތަކާއި ހުރެ ދިމާވެދާނެ ހާދިސާތަކައިމެދު އެގައުމުގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
37 މިލިއަން މީހުންގެ އާބާދީއެއް އޮތް ކެނެޑާގެ އެކި ކަންކޮޅުތަކުގައި 100 އަށް ވުރެ ގިނަ ކެނަބިސް ވިއްކުމަށް ހާއްސަ ފިހާރަތައް ހުޅުވި 4 ބިލިއަން ޑޮލަރުގެ އިންޑަސްޓްރީއެއް އުފެދިގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް