ހުޅުމާލެ-- ފޮޓޯ: އެޗްޑީސީ
ހުޅުމާލެ-- ފޮޓޯ: އެޗްޑީސީ
ވިޔަފާރި 03 Oct 2024 | 04:24

ސިނާއީ ބޭނުންތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން، ސިނާއީ ބޭނުމަށް ބީލަމުގެ އުސޫލުން ބިން ވިއްކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ދެވަނަ ފިޔަވަހީގެ "އިންޓަގްރޭޓެޑް ހަބް" ގެ ގޮތުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުން ކަމަށެވެ.

ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 7،500 ރުފިޔާ ކަމަށްވާއިރު، މި ބިންތައް ވިއްކުމަށްޓަކައި އެ ކޯޕަރޭޝަނުން އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަމުގައި ވުން ނުވަތަ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ، 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއްކަމުގައިވުން ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

ބިން ވިއްކުން ދެ މަރުހަލާއަކަށް ބަހާލައިގެން އެޗްޑީސީން ކުރިއަށްގެންދާއިރު، އޭގެ ތެރޭގައި ހިމެނެނީ:

1) މަރުހަލާ 1: ޕޯޓަލް މެދުވެރިކޮށް ޝައުގުވެރިވެލައްވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއީ) ހުށަހެޅުން

2) މަރުހަލާ 2: އެއްފަރާތަކަށް ވުރެ ގިނަ ފަރާތްތަކުން އީއޯއީ ހުށަހަޅާފައިވާނަމަ އެބިމަކަށް ބިޑް ކުރުން

އެޗްޑީސީން ބުނީ، މިކަމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލް (https://bids.hdc.mv/) މެދުވެރިކޮށްކަމަށާއި، އިއުލާނާއި އެއްގޮތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސްކޮށްފި
08 Oct 2026 ހަބަރު

ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސްކޮށްފި

ހުޅުމާލޭގައި ހިންގާ ހޮތާ، ކެފޭ އަދި ޓޭކްއަވޭ ތަކުން ގަވާއިދާ ހިލާފަށް ހުޅުމާލޭ ދުވާރުމަތީ ގޮނޑިއާއި މޭޒު ފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އި...

ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
07 Oct 2026 ހަބަރު

ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު

ހުޅުމާލެއިން ސޯޝަލް ހައުސިން ސްކީމްގެ ދަށުން ދޫކޮށްފައިވާ 12،000 އަށް ވުރެ ގިނަ ފްލެޓުގެ ތެރެއިން ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ދެބައިކުޅަ އެއްބައި ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ...

ކާބޯތަކެތި ލޭބަލްކުރުމުގެ ގަވާއިދަށް ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތައް އަހުލުވެރިކޮށްފި
07 Oct 2026 ހަބަރު

ކާބޯތަކެތި ލޭބަލްކުރުމުގެ ގަވާއިދަށް ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތައް އަހުލުވެރިކޮށްފި

އެޗްޑީސީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން، ހުޅުމާލޭގައި ޓޭކްއެވޭ ޚިދުމަތް ދޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް އ...

އިސްރަށްވެހިންގެ ދުވަހާ ގުޅުވައި "ދުޅަހެޔޮ އިސްރަށްވެހިން"ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ފަށައިފި
02 Oct 2026 ހަބަރު

އިސްރަށްވެހިންގެ ދުވަހާ ގުޅުވައި "ދުޅަހެޔޮ އިސްރަށްވެހިން"ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ފަށައިފި

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާއީ ގުޅުންތައްބަދަހިކުރުމަށް، "ދުޅަހެޔޮ އިސްރަށްވެހިން"ގެ ނަމުގައި އެޗްޑީސީއާއި ހެލްތު މިނިސްޓްރީ ގުޅިގެން ހާއްސަ ޕްރޮގްރާމެއް ފަ...

ކެފޭ ބާބެރާގެ ފުރަތަމަ އައުޓްލެޓް ހުޅުމާލޭގައި ހުޅުވައިފި
02 Oct 2026 ހަބަރު

ކެފޭ ބާބެރާގެ ފުރަތަމަ އައުޓްލެޓް ހުޅުމާލޭގައި ހުޅުވައިފި

އިޓަލީގެ މަޝްހޫރު ކޮފީ ބްރޭންޑެއް ކަމުގައިވާ ކެފޭ ބާބެރާގެ ރާއްޖޭގެ ފުރަތަމަ އައުޓްލެޓް ހުޅުމާލޭގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓެލްގައި ސޮފްޓް އޯޕެނިންގެއް ބާއްވައި ހުޅުވައިފިއެވެ. މިކަމަށްޓަކައި ބ...