ރާއްޖޭގެ ދަރަނީގެ 79އިންސައްތަ އޮތީ ޗައިނާއަށް: އިލްޔާސް
ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދަރާފައިވާ ދަރަނީގެ 79 އިންސައްތައަކީ ޗައިނާއަށް ދަރާފައިވާ ދަރަނިކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
އިލްޔާސް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ރާއްޖޭގެ ދައުލަތުން ބޭރުގެ ފަރާތްތަކަށް ދަރާފައިވާ ދަރަނީގެ ޖުމްލަ އަދަދަކީ 31.872ބިލިޔަން ރުފިޔާ ނުވަތަ 2.07ބިލިޔަން ޑޮލަރު ކަމަށެވެ.
މި ދަރަނީގެ ތަފްސީލަށް ބައްލަވާލައްވަމުން އިލްޔާސް ވިދާޅުވީ ރާއްޖެއިން ޗައިނާއަށް ދަރާފައިވާ ދަރަނީގެ އަދަދަކީ 25.3 ބިލިޔަން ރުފިޔާ ނުވަތަ 1.6ބިލިޔަން ޑޮލަރު ކަމަށެވެ.
މިއީ ރާއްޖޭގެ އެކްސްޓާނަލް ދަރަނީގެ 79 އިންސައްތަކަން އިލްޔާސް ފާހަަގަކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް