ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު 30 Jun 2023 | 12:28

ކުރީގެ ފޯރި އަލުން ގެނައުމަށްޓަކައި ނިއު އަދި ވިކްޓަރީ ފުރަތަަމަ ޑިވިޝަނަށް ގެންނަންޖެހޭ!

ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުން ފުރަތަަމަ ފަހަރަށް ދިވެހި ގައުމީ ޓީމު ކަޓައިގެން ދިއުމާއެކު މިދުވަސްކޮޅު ފުޓްބޯޅައިގެ އާއިލާއަށް ނިސްބަތްވާ ބޭފުޅުން ސޯޝަލް މީޑިއާގައި އެބޭބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާ ކުރަން ފަށައިފިއެވެ.

ކުއްލިއަކަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ މަތިން ހަނދާން އާކުރަން ފަށައިފިއެވެ. ދިވެހި ފުޓްބޯޅައަށް އެ ދެ ކުލަބުގެ ސަބަބުން ލިބުނު ކުރިއެރުމާއި ނެގެހެއްޓި ފޯރިއާއި ދެމެހެއްޓި ވާދަވެރިކަމުގެ ޒިކުރާތައް އަލުން އާކުރަން ފަށައިފިއެވެ. ތެދެކެވެ. ބަޔަކު މީހުން މޮޅު ކަމެއް ކޮއްލާނަމޭހިތާ ނިއުރޭޑިއަންޓް އާއި ވިކްޓަރީ ނިޒާމުން ގެއްލުވާލި ހިސާބުން ދިވެހި ލީގަށާއި ގައުމީ ޓީމަށް އަންނަން ފެށި ބަދަލުތައް ދިރާސާކުރާ ބަޔަކަށްނަމަ ފެންނާނެއެވެ.

ދިވެހި ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު ޝާހިދު މިއަދު ސޯޝަލް މީޑިއާގައި އެބޭފުޅާގެ ޝުއޫރު ފާޅުކުރަމުން ލިޔެފައިވާ ގޮތުގައި ފާއިތުވެދިޔަ ފަސް ވަރަކަށް އަހަރުތެރޭގައި ދިވެހި ފުޓްބޯޅައަށް މިހާ ބޮޑު ހީނަރުކަމެއް އައިސްގެން މިއުޅެނީ ފުޓްބޯޅަ ހިންގުމާއި ހަވާލުވެ ތިބި ފަރާތަކުން ނިންމާފައިވާ ގޯސް ނިންމުންތަކެއްގެ ސަބަބުން ކަމަށާއި އޭގެތެރޭގައި ނިއުރޭޑިއަންޓް އާއި ވިކްޓަރީ އެކަހެރިކޮށްލުމުން ދިވެހި ކުލަބުތަކުގެ މެދުގައި ޒަމާނުއްސުރެން އޮންނަ ވާދަވެރިކަން ނެތިގެން ގޮސްފައިވާ ކަމަށާއި ކުރީގެ ފުޓްބޯޅަ ފޯރި އަލުން ގެންނަން ބޭނުންނަމަ އެ ދެޓީމަށް އަލުން ފުރަތަަމަ ޑިވިޝަނުގެ ޖާގަ ދިނުމަށް ވަނީ ގޮވާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް