ފޮޓޯ: އީއެސްޕީއެން
ފޮޓޯ: އީއެސްޕީއެން
ކުޅިވަރު 29 Aug 2022 | 20:55

ޕްރިމިއާ ލީގް: ކޭންގެ ދެ ގޯލުން ޓޮޓެންހަމްއިން ނޮޓިންހަމްގެ މައްޗަށް ކުރި ހޯދައިފި

ޕްރިމިއާ ލީގުގައި ހެރީ ކޭންގެ ދެ ގޯލުން ޓޮޓެންހަމް ހޮޓްސްޕާސް އިން ނޮޓިންހަމް ފޮރެސްޓުގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރި ހޯދައިފިއެވެ.

މި މެޗުގައި ކޭން ޖެހި ދެ ގޯލާއި އެކު އޭނާގެ ކެރިއަރުގައި މިހާތަނަށް ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 200 އަށް އަރާފައެވެ. އެގޮތުން އޭނާ އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހި 186 ގޯލާއި ދެ ވަނަ ޑިވިޝަން (ޗެމްޕިއަންޝިޕް)ގައި ޖެހި ނުވަ ގޯލާއި ލީގު ވަން (ތިން ވަނަ ޑިވިޝަން)ގައި ޖެހި ފަސް ގޯލު ޖަހާފައިވެއެވެ. ޕްރިމިއާ ލީގުގެ ތާރީހުގައި ކޭން އަށްވުރެ ގިނައިން ގޯލް ޖަހާފައިވަނީ ވޭން ރޫނީ އަދި އެލަން ޝިއަރާއެވެ.

ނޮޓިންހަމްގެ ދަނޑުގައި ކުޅުނު މެޗު ފެށިގެން ފަސް ވަނަ މިނަޓުގައި ކޭން ވަނީ ޓޮޓެންހަމްއަށް ލީޑު ނަގައިދީފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމްއިން އިތުުރު ގޯލެއް ޖެހުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. ދެ ޓީމުގެ ފަރާތުންވެސް އެއްވަރެއްގެ ކުޅުމެއް ފެނިގެންދިޔަ މި ހާފުގެ ކުޅުން ނިމުނީ 0-1 އިން ޓޮޓެންހަމް ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގައި ޓޮޓެންހަމްއިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. އެގޮތުން މެޗުގެ 56 ވަނަ މިނަޓުގައި އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ނޮޓިންހަމްގެ ގޯލްކީޕަރު ޑީން ހެންޑަސަން ވަނީ މަތަކޮށްފައެވެ. ޕެނަލްޓީ ހިފެހެއްޓުމަށްފަހު ނޮޓިންހަމްއިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ކޭން ވަނީ މެޗުގެ 81 ވަނަ މިނިޓްގައި ޓޮޓެންހަމަށް ދެ ވަނަ ގޯލެއް ޖަހައިދީ ޓޮޓެންހަމްއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

މިއާއިއެކު ޓޮޓެންހަމް އޮތީ ލީގު ތާވަލުގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި އޮތް އާސެނަލަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ، ތިން ވަނައިގައި އޮތް ޓޮޓެންހަމް އަދި ހަތަރެއްގައި އޮތް ބްރައިޓަން އަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފަ އެވެ.

ދެން ޓޮޓެންހަމްއިން ލީގުގައި ބުދަ ދުވަހުގެ ރޭ ނިކުންނާނީ ވެސްޓް ހަމްއާއި ދެކޮޅަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި
01 Nov 2026 ކުޅިވަރު

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. ސިޓީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު ބްރައިޓަންއަށް ކާމިޔާބުކޮށްދިނީ ޔާސީން އަޔާރީއެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ބްރައިޓަން އަތުން ލިވަޕޫލަށް މުހިންމު މޮޅެއް
26 Oct 2026 ކުޅިވަރު

ބްރައިޓަން އަތުން ލިވަޕޫލަށް މުހިންމު މޮޅެއް

މިމެޗްގައި އެންމެބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ލިވަޕޫލްގެ އެލެކްސެންޑަރ އީސާކްގެ ކުޅުމެވެ. މެޗްގައި ޖެހި ލަނޑާއެކު އޭނާ ވަނީ ޖެހިޖެހިގެން ތިންވަނަ މެޗުގައި ލަނޑު ޖަހައި، ފޯމު ދަމަހައްޓާފައެވެ

ބޯންމައުތު ކައިރިންވެސް މެންޗެސްޓަރ ޔުނައިޓެޑަކަށް ސަލާމަތެއް ނުވެވުނު
26 Oct 2026 ކުޅިވަރު

ބޯންމައުތު ކައިރިންވެސް މެންޗެސްޓަރ ޔުނައިޓެޑަކަށް ސަލާމަތެއް ނުވެވުނު

މި ނާކާމިޔާބީއާއެކު ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ކްލަބުގެ މެނޭޖްމަންޓަށާއި ވެރިންނަށް ނުރުހުން ފާޅުކޮށްފައެވެ. ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ ކްލަބުގެ ވެރިން ކަމަށްވާ ގްލޭޒާ އާއިލާ ކްލަބުން ވަކިވުމަށް ގޮވާލައި އަޑުއުފުލާފައެވެ. .

އާސެނަލް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑަށް މޮޅެއް ނުވެވުނު
19 Oct 2026 ކުޅިވަރު

އާސެނަލް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑަށް މޮޅެއް ނުވެވުނު

މިމެޗްގައި ތަރިއަކަށްވީ މަޑުއެކޭއެވެ. މި ސީޒަނުގައި އާސެނަލްގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ނުލިބުނު ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ މަޑުއެކޭ ދައްކަމުންދާ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.