ބުރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ އުމުރުން 82 އަހަރުގައި މަރުވެއްޖެ!
ބުރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ އުމުރުން 82 އަހަރުގައި މަރުވެއްޖެ!
ކުޅިވަރު 29 Dec 2022 | 19:30

ބުރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ އުމުރުން 82 އަހަރުގައި މަރުވެއްޖެ!

ބްރެޒިލްގެ ތާރީޚްގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، ފުޓްބޯޅައިގެ ލެޖެންޑް ޕެލޭ އުމުރުން 82 އަހަރުގައި މަރުވެއްޖެ އެވެ. ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ތިން ފަހަރަށް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާގެ މަގާމު ހޯދި ކުރީގެ ފޯވާޑް މަރުވީ  ސައޯ ޕައުލޯގެ އަލްބަޓް އައިންސްޓައިން ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ދެމުން ދަނިކޮށެވެ.

1958 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި އުމުރުން 17 އަހަރުގެ ޕެލޭވަނީ މުބާރާތް ބޭއްވި ގައުމު ކަމުގައިވާ ސްވިޑަން ކޮޅަށް 2 ލަނޑު ކާމިޔާބުކޮށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚްގައި މުބާރާތުގެ ފައިނަލްގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިއާގެ ޝަރަފް ހޯދާފައެވެ.

ބުރެޒިލް ގައުމީ ޓީމަށް ކުޅެދިން 92 މެޗުގައި 77 ގޯލް ކާމިޔާބުކޮށްފައިވާއިރު، ނިމިދިޔަ ވޯލްޑް ކަޕްގައި ބްރެޒިލްގެ މިހާރުގެ ތަރި ނޭމާ ވަނީ ޕެލޭގެ ރެކޯޑައި އަރާ ހަމަހަމަކޮށްފައެވެ.

އިތުރު ތަފްސީލް އަންނަނީ....

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް