ސެބަސްޓިއާއޯ ލުއިޒް ލޮރެންކޯ
ސެބަސްޓިއާއޯ ލުއިޒް ލޮރެންކޯ
ކުޅިވަރު 30 Dec 2022 | 14:41

ޕެލޭގެ ޕެނަލްޓީ ދިފާއުކުރި ގޯލްކީއްޕަރު

ޕެލޭ އަކީ ދަނޑުމަތީގައި ވެސް އަދި ދަނޑުން ބޭރުގައި ވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުޅުންތެރިއެކެވެ. ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ގިނަގުނަ އެވޯޑް ތަކަކާއި ރެކޯޑްތަކެއް ގާއިމުކޮށްފައިވާ މި ކުޅުންތެރިއާ، ކުޅުން ހުއްޓާލުމަށްފަހުވެސް ފާހަގަވެގެން ގޮސްފައިވާނީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ އެއްފަރާތް ކަމުގައެވެ.

ޕެލޭ ބުރެޒިލް ލީގުގައި ކުޅެނީ

ޕެލޭ އަކީ މިހާތަނަށް ތިން ވޯލްޑް ކަޕް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ އެވެ. މީގެ އިތުރުން ޕެލޭގެ ފްރީކިކްސް ޖެހުމުގެ ގާބިލުކަމާއި، ޕެނަލްޓީ ކިކް، އޯވަހެޑް ކިކްގެ އިތުރުން ދަނޑުމަތީގައި ދައްކައިދީފައިވާ ޖާދުލެއްފަދަ ހުނަރުތަކަކީ ތާއަބަދަށް ފުޓްބޯޅައަށް ލޯބިކުރާ ހުރިހާ ފަރާތްތަކެއްގެ ހިތުގައި ބިންވަޅުނެގިފައިވާނެ ހަނދާންތަކެކެވެ.

ސެބަސްޓިއާއޯ ލުއިޒް ލޮރެންކޯ އަކީ ޕެލޭ ފޮނުވާލި ޕެނަލްޓީއެއް ދިފާއުކުރި، މިވަގުތު ދުނިޔޭގައި ހުރި ހަމައެކަނި ގޯލްކީއްޕަރެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުތައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ޕެލޭ ރޭގެ ވަގުތެއްގައި، އުމުރުން 82 އަހަރުގައި ވަނީ މަރުވެފައެވެ. މިއާއެކު މިހިތާމައިގައި ދުނިޔޭގެ ފުޓްބޯޅަ އާއިލާ އިން އަންނަނީ ބައިވެރިވެ ޝުއޫރުފާޅުކުރަމުންނެވެ.

މިއާއެކު ބުރެޒިލްގެ ކުލަބް ސާއޯ ބެންޓޯގެ ކުރީގެ ގޯލްކީއްޕަރު، އަދި މިހާރު އުމުރުން 81 އަހަރުގެ ސެބަސްޓިއާއޯ ލުއިޒް ލޮރެންކޯ ވަނީ ޕެލޭ މަރުވުމުގެ ހިތާމާގައި ބައިވެރިވެ އޭނާގެ ކުރީގެ ހަދާންތަކެއް މީސްމީޑިއާއަށް ދޫކޮއްލާފައެވެ.

ސެބަސްޓިއާއޯ ލުއިޒް ލޮރެންކޯ ވަނީ 1971 ވަނަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހު ޕައުލިސްޓާ ޗެމްޕިއަންޝިޕްގައި ސަންޓޯސް އަތުން އޭނާގެ ޓީމު ސާއޯ ބެންޓޯ ބަލިވި މެޗުގައި ޕެލޭ ފޮނުވާލި ޕެނަލްޓީއެއް ދިފާއުކޮށްފަ އެވެ. އަދި މެޗަށްފަހު މެޗުބޯޅަ އޭނާ ވަނީ ހަނދާނެއްގެ ގޮތުގައި ރައްކާކޮއްފައެވެ.

މީގެ އިތުރުން ސެބަސްޓިއާއޯ ލުއިޒް ލޮރެންކޯ އަކީ ޕެލޭ ފޮނުވާލި ޕެނަލްޓީއެއް ދިފާއުކުރި، މިވަގުތު ދުނިޔޭގައި ހުރި ހަމައެކަނި ގޯލްކީއްޕަރެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް