ރައީސް ނަޝީދުގެ ކުރީގެ ބޮޑީގާޑަށް އަލުން ވަޒީފާދޭން އަންގައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑެއްގެ މަގާމު އަދާކުރި އިބްރާހިމް ސިމާދަށް އަލުން ވަޒީފާ ދިނުމަށް އަމުރުކޮށްފިއެވެ.
ސިވިލް ކޯޓުން މިގޮތަށް އަމުރު ނެރުނީ ސިމާދުގެ ފަރާތުން އޭނާ ވަޒީފާާއިން ވަކިކުރީ ގާނޫނާއި ޚިލާފަށްކަމަށްބުނެ ހުށައެޅި މައްސަލައިގައި ހުކުމް އިއްވަމުންނެވެ.
ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އޭނާ ވަޒީފާ އަލުން ދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތުގައި އޭނާއަށް މުސާރައާއި އެލަވަންސްތަކާއި އިނާޔަތުގެ ގޮތުގައ ލިބެން ޖެހޭ 212،210.36 ރުފިޔާ ހަތަރު މަސް ދުވަހުގެ ތެރޭގައި ދިނުމަށެވެ
އަދި ސިމާދަށް ވަޒީފާ އިން ވަކިކޮށްފައި ހުރި މުއްދަތުގެ ތެރޭގައި މަގާމުގެ ކުރިއެރުން ދޭން ޖެހޭ ކަމަށް ފެންނަ ނަމަ މަގާމުގެ ކުރިއެރުން ވެސް ދިނުމަށްވެސް ވަނީ އަމުރުކޮށްފައެވެ.
ސިމާދު ވަޒީފާއިން ވަކިކުރެވުނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައެވެ. އެއަށްފަހު އޭނާ ވަނީ ކެމްޕެއިންގެ ދުވަސްވަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑީގާޑެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް