އައްޑޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީފި
އައްޑޫސިޓީގައި އުމުރުން ދުވަސްވީ މީހަކާއި ބޭއަދަބީ ބަހުން މުއާމަލާތުކޮށް ހަމަލާދީފިއެވެ.
މި ހާދިސާގެ ވީޑިޔޯ ބާރުމިނެއްގައި ދައުރުވަމުންދާއިރު، އެ ހާދިސާ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
.މި ހާދިސާގައި އަނިޔާލިބުނު ދުވަސްވީ މީހަކީ ހިތަދޫ ރީޖަނަލް ހޮަސްޕިޓަލުގައި ސެކިއުރިޓީ ގާޑެއްގެ ވަޒީފާ އަދާކުރާ މީހެކެެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާ އަކީ ސިކުނޑީގެެ ކުޑަ އުނިކަމެއް ހުންނަ މީހެކެވެ.
މެދު އުމުރުގެ ފިރިހެނަކު، މި ފިރިހެންމީހާގެ ގައިގައިޖަހައި، ގަޔަށް ކުޅުޖަހައި ލޮލަށް އިނގިލިހަރާލާ މަންޒަރު މި ހާދިސާގެ ވީޑިޔޯއިން ފެނެއެވެ.
މި ހުރިހާ ކަމެއް ހިނގައިިދިޔަ އިރު، އެކަން ހުއްޓުވަން އެތަނުގައި ހުރި އެއްވެސް ފަރާތަކުން މަސައްކަތްކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް