ރައީސް ޔާމީނަށް އަޅުގަނޑު ވަފާތެރިއެއް ނުވަން: އީސީ ޝަރީފް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ބޭވަފާތެރިވުމަކީ ވަކިފަރާތަކަށް ނުޖެހި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުން ކަމުގައި ވަނީނަމަ އިލެކްޝަންސް ކޮމިޝަނުން ނުން އެކަން ކުރިކަމަށް އެކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވެއްޖެއެވެ.
''ކޮންމެސް ދިމާލެއްގަ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިކަމަށް ޝަރީފަކީ މިވެނި މިވެނި މީހެކޭ އެހެން ނަމަވެސް ތިމަންނައަކަށް ވަފާތެރިއެއް ނުވެއޭ! އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑުގެ ސުވާލަކީ އިންތިހާބެއްގަ އަޅުގަނޑު މިހުރި މަގާމުގެ ގޮތުން ވަފާތެރިވުމަކީ ވަކިފަރާތަކަށް ނަތީޖާ އަނބުރާލުންތޯ؟ އެއީ ވަފާތެރިވުންކަމަށް ވަންޏާ އެއީ އޅުގަނޑަށް ނުކުރެވުނު ކަމެއް. އިނގޭތޯ. ޔާމީނަން ނުވަތަ އެހެންފަރާތަކަށް އެޑްވާންޓޭޖެއް ނުވަތަ ޑިސްއެޑްވާންޓޭޖެއް ނުވާނެގޮތަކަށް އަޅުގަނޑު އަމަލުކުރިކުރުން އެއީވަފާތެރިވުން ކަމަށްވަންޔާ އަޅުގަނޑު އެކަންކުރިން. އަޅުގަނޑުމެން ކޮމިޝަށަނުން އެކަން ކުރިން." މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.
ކޮމިޝަނުން ނަތީޖާ އޮޅުވާލުމަށް އެއްވެސް ކަމެއް ނުކުރާކަމަށާއި ނުވެސްކުރާނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. އެއްވެސް އިންތިހާބެއްގައި ކޮމިޝަނުން އެކަހަލަ ކަމެއްކޮށްފައި ނުވާކަމަށާއި އަދި އެކަހަލަ ކަމެއްކުރުމަށް ހިޔާލުވެސް ބަދަލުކޮށްފައި ނުވާނެކަމަށް އޭނާ ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނަށް ޝަރީފް އައްޔަނު ކުރެއްވުމުގެ ކުރިން ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވިކަމަށް އިންކާރު ނުކުރައްވަން ކަމަށާއި ނަމަވެސް ކޮމިޝަންގެ ރައީސް އަށް އަށްޔަނު ކުރެވުނު ފަހުންއަމިއްލަ މެންޑޭޓް ބަދަލުވެގެން ދިޔަކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
އޭނާ މިހާރު ހުންނެވި މަގާމަކީ ގާނޫނީ ވަކި އިމެއްގެ ތެރެއިން މަސައްކަތް ކުރަންޖެހޭ މަގާމެއް ކަމަށާއި އަދި ގާނޫނާއި ހިލާފަށް ކަމެއް ކުރެވެން އުޅޭނަމަ ކޮމިޝަނުގެ އެހެން މެންބަރުން އެކަން ފާހަގަކޮށްދޭ ކަމުގައި ޝަރީފު ވަނީ ހާމަކުރައްވާފައެވެ. އެކަމަށް ކޮމިޝަނުގެ އެހެން މެންބަރުންނަށް އޭނާ ވަނީ ޝުކުރުވެސް އަދާ ކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް