ޕެލޭގެ ޖަނާޒާ އަންގާރަ ދުވަހު!
އުމުރުން 82 އަހަރުގައި ފުޓްބޯޅަ ލެޖެންޑް ޕެލޭ މަރުވީ، 2011 ވަނަ އަހަރުން ފެށިގެން ކެންސަރާ ދެކޮޅަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި ހަނގުރާމައަކަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި ޤައުމީ ހިތާމައިގެ ތިން ދުވަހަށް ފަހު ޕެލޭގެ ޖަނާޒާ އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބްރެޒިލްގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ޕެލޭގެ ހަށިގަނޑު ވަޅުލުމަށް ހަމަޖެހިފައިވަނީ ސަންޓޯސްގެ މެދުގައި ހުންނަ 14 ބުރީގެ ގަބުރުސްތާނެއްގައި ކަމަށެވެ. ސައޯ ޕައޮލޮގެ އަލްބަޓް އައިންސްްޓައިން ހޮސްްޕިޓަލުން ވިލާ ބެލްމީރޯ ސްޓޭޑިއަމަށް ޕެލޭގެ ހަށިގަނޑު ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެންމެ ފަހުގެ އިހްތިރާމް އަދާކުރުމަށް ހަމަޖެހިފައިވަނީ އެތަނުގައި ކަމަށްވެސް މީޑީއާ ރިޕޯޓުތައް ބުނެއެވެ.

ބްރެޒިލްގެ މީޑިއާތަކާއި ހަވާލާދީ ހުޅަނގުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްޓޭޑިއަމްގައި 24 ގަޑިރިރު ވަންދެން އޭނާގެ ހަށިގަނޑު ބޭއްްވުމަށްފަހު، ބަލިއެނދުގައި އޮތް އުމުރުން 100 އަހަރުގެ ޕެލޭގެ މަންމަ ސެލެސްޓޭގެ ގޭގެ ބޭރުގައި ކުޑަވަގުތުކޮޅަކަށް ޕެލޭގެ ހަށިގަނޑު ބާއްވާނެއެވެ.

އެއަށްފަހު އޭނާގެ ހަށިގަނޑު ގެންދިއުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ އެންމެ އުސް ގަބުރުސްތާން ކަމަށްވާ މެމޯރިއަލް ނެކްރޯޕޯލް އެކިއުމެނިކާ އަށެވެ ޕެލޭ ވަޅުލުމަށް ނިންމާފައިވާ ގަބުރުސްތާނަކީ، 1983 ވަނަ އަހަރު ހަދާފައިވާ 14،000 އަށް ވުރެ ގިނަ ވޮލްޓް ހުންނަ ގަބުރުސްތާނެކެވެ. އެގަބުރުސްތާނުގައި ޓްރޮޕިކަލް ބަގީޗާއަކާއި ރެސްޓޯރެންޓެއްގެ އިތުރުން ކާރު މިއުޒިއަމެއްވެސް ހުރެއެވެ.

އޭނާގެ ޖަނާޒާ ލަސްކޮށްފައި ވަނީ ބްރެޒިލްގެ މިހާރުގެ ރައީސް ޖައިރް ބޮލްސޮނާރޯގެ އަތުން ވެރިކަން ބަދަލުކުރުމަށާއި އިންތިހާބީ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ހޯމަ ދުވަހުގެ ހެނދުނު ހުވާ ކުރެއްވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް