ޑައިވިންގަށް ދިޔަ ފަތުރުވެރިއެއްގެ ފައި ދޯންޏެއްގެ ބުރަފަތީގައި ޖެހިއްޖެ
ޑައިވިންގަށް ދިޔަ ފަތުރުވެރިއެއްގެ ފައި ދޯންޏެއްގެ ބުރަފަތީގައި ޖެހި ޒަހަމްވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މިއަދު ހެނދުނު 10:35 ހާއިރު ދޯންޏެއްގެ ބުރަފަތީގައި ޖެހި ޒަހަމްވީ، ޕެރަޑައިސް ރިސޯޓް ކައިރީގައި އޮންނަ މަންޓާ ޕޮއިންޓަށް އެނބޫދޫ ޑައިވިން ސްކޫލުގެ ފަރާތުން ޑައިވިން އަށް ގޮސް އުޅުނު ފަތުރުވެރިއެކެވެ.
ޖަރމަނީއަށް ނިސްބަތްވާ މި ފަތުރުވެރިޔާގެ ފައި ޒަހަމްވީ، ޕެރަޑައިސް ރިސޯޓުގެ ދޯންޏެއްގައި ޖެހިގެންނެވެ.
މި ހާދިސާގައި އަނިޔާ ލިބުނު މީހާ ޕެރަޑައިސް ރިސޯޓަށް ގެންދިއުމަށްފަހު، އެ ރިސޯޓުގެ ފަރާތުން ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް މިހާރު ގެންގޮސް ފަރުވާ ދިނުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް