ޓީއެމްއޭގެ ސީޕްލޭނެއް
ޓީއެމްއޭގެ ސީޕްލޭނެއް
ހަބަރު 20 Jul 2025 | 09:50

ޓީއެމްއޭ ޕައިލެޓުން މަސައްކަތް ހުއްޓާލައިފިނަމަ އެއީ ވަރަށް ސީރިއަސް މައްސަލައެއް: މަޓާޓޯ

ޓްރާންސް މޯލްޑިވްސް އެއަރވޭސްގެ މުވައްޒަފުން އިހުތިޖާޖަށް ނުކުތުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަގު ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމެއްކަމަށް ބުނެ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓް އެންޓް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޓީއެމްއޭ މުއައްޒަފުންގެ މުސާރައިގެ އެއްބައި ރުފިޔާއިން ދޭން ނިންމުމާ ގުޅިގެން ޓީއެމްއޭގައި މަސައްކަތްކުރާ ޕައިލެޓުން ވަނީ އިހުތިޖާޖަށް ނިކުތުމަށް ނިންމާފައެވެ. އެގޮތުން ޕައިލެޓުން ވަނީ މަސައްކަތަށް ނުނިކުންނާނޭކަމުގެ އިންޒާރުދީ މެނޭޖްމަންޓުގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.

ޓީއެމްއޭގެ ޕައިލެޓުންގެ އެ ނިންމުމާ ގުޅިގެން ދިވެހި ތްރެވަލް އޭޖެންޓުންގެ ޖަމިއްޔާ މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިހުތިޖާޖަށް ނުކުތުމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ދަތުރުތަކަށް ބުރޫ އަރާފާނެކަމުގެ ބިރު އެބަ އޮތްކަމަށެވެ.

މަޓާޓޯއިން ބުނެފައިވަނީ ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް އުފުލަމުން ދަނީ ޓީއެމްއޭގެ ސީޕްލޭންތަކުގައި ކަމަށާއި، ޕައިލެޓުން ދަތުރުކުރުން ހުއްޓާލާ އިހުތިޖާޖަށް ނިކުމެއްޖެ ނަމަ އެކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާނެ ކަމަށް އެ ޖަމުއިއްޔާއިން ވަނީ ބުނެފަ އެވެ.

މަޓާޓޯ އިން ވަނީ ކަމާ ގުޅުންހުރި އިދާރާތަކުން މަޝްވަރާކޮށްގެން މިކަމަށް އަވަސް ހައްލެއް ހޯދާދިނުމަށް ގޮވާލާފައެވެ.

މި މައްސަލައަކީ ހަމައެކަނި ޓީއެމްއޭގެ މައްސަލައެއް ނޫންކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ މުޅި ފަތުރުވެރިކަމުގެ ސިނާއަތުގެ އަގު ވެއްޓި ރާއްޖޭގެ ނަން ކިލަނބުވުމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމެއްކަމަށް މަޓާޓޯ އިން ވަނީ ބުނެފަ އެވެ. މިކަމުގެ ސަބަބުން ރިސޯޓުތަކަށާއި އެއަރލައިންތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް ބެލެވޭ ކަމަށް މަޓާޓޯ އިން ވަނި ބުނެފަ އެވެ.

ޓީއެމްއޭއަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގައިވެސް އޮތް އެންމެބޮޑު ސީޕްލޭން އޮޕަރެޓްކުރާ ކުންފުންޏެވެ. ޓީއެމްއޭއިން މުއައްޒަފުންގެ މުސާރައިގެ އެއްބައި ރުފިޔާއިން ދޭގޮތަށް ނިންމީ ބޭރުފައިސާ ގަނެވިއްކުމުގެ ގަވާއިދަށް ގެނައި އައު އުސޫލާއެކު ބޭންކްތަކަށް ޑޮލަރު މާރުކުރަން ލާޒިމްކުރުމާ ގުޅިގެންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...