އެމްޑީޕީ ކެންޑިޑޭޓުގެ މެނޭޖަރގެ ތާއިދުވެސް އަލްހާން ފަހުމީއަށް!
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު އުތުރު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އިބްރާހިމް މުއިއްޒުގެ ކެމްޕެއިން މެނޭޖަރވެސް، އެ ދާއިރާއަށް ޖޭޕީގެ ފަރާތުން ވާދަކުރައްވާ އަލްހާން ފަހުމީއަށް ތާއިދުކުރައްވައިފިއެވެ.
މިކަން ވަނީ އަލްހާންގެ ކެމްޕެއިން ޓީމްގެ ފަރާތުން ވޮއިސްއަށް ކަށަވަރުކޮށްދެއްވާފައެވެ.
މުއިއްޒުގެ ކެމްޕެއިން މެނޭޖަރ އިސްމާއިލް ރިޝްވާން، އަލްހާންއަށް ތާއިދުކުރުމުން އަލްހާންގެ ޓީމުން ވަނީ ރިޝްވާނަށް މަރުހަބާ ކިޔައި ޝުކުރު އަދާކޮށްފައެވެ.
އަލްހާން ދަނީ ގިނަ ފަރާތްތަކަކާއި ގުޅިގެން ކެމްޕެއިން ހަރަކާތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދަވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް