ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ކަނޑުމަތީގެ ހަރަކާތްތަކެއް އެމްޑީޕީއިން ބާއްވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ރާއްޖޭން ބޭރުގައި އަމިއްލަފުޅަށްް އަރުވާލެވިގެން ހުންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުން ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށް އެމަނިކުފާނު ނިސްބަތްވާ ޕާޓީ އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީ އިން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެސްގައި ޕާޓީގެ ޗެެއާޕާސަން ވިދާޅުވި ގޮތުގަަައި މިއިވެންޓް ބޭއްވުމަށް ހަމަޖެއްސެވީ ރާއްޖޭގެ އެކިކަންކޮޅުތަކުން އެމަނިކުފާނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެކަމަށް އެދެމުން ދާތީކަމުގައެވެ.
ރައީސްް ނަޝީދަށް މަރުހަބާ ދެއްނެވުމަށް ހުޅުލެއާއި މާލެއާ ދެމެދު ކަނޑު އުޅަނދުތައް ބައިވެރިކޮށްގެން ޚާއްސަ ޙަރަކަތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށާއި އެމްޑީޕީ އިން ހާމަކުރާ ގޮތުގައި މިހާތަނަށް ވަރަށްގިނަ ރަށްރަށުން ބޮޑެތި ދޯނި ފަހަރާއި ކުދި ދޯނިތައްވެސް މިޙަރަކާތުގައި ބައިވެރިވެފައިވާން ނިންމާފައިވާކަމަށެވެ.
މީގެ އިތުރުން ވެސް ވޯޓަރް ސްޕޯޓްސް ގެ ހަރަކާތަތަކެއް މާލެއާއި ހުޅުލެއާ ދެމެދު ގެންދިއުމަށް މާލެއާއި ކައިރި ރިސޯޓުތަކުގެ ވޯޓަރ ސްޕޯޓްސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުންނާ މަޝްވަރާ ކުރެވި ނިންމާފައިވާކަމަށްވެސް އެމްޑީޕީން ބުނެއެވެ.
މިޙަރަކާތްތައް އިންތިޒާމްކުރުމުގެ މަސައްކަތްކުރަމުންދާއިރު ކަމާ ގުޅުންހުރި މުއައްސަސާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމުގެ ކަންކަމާއި ސަލާމަތީކަންކަން ބެލުމަށް ފުލުހުންނާވެސް މަޝްވަރާ ކުރަމުންދާކަމަށް އެމްޑީޕީގެ ސްޕޯކްސް ޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީއެވެ.
ރައީސް ނަޝީދު އެެކެއް ނޮވެމްބަރގައި ވަޑައިގަންނަވާއިރު މިޙަރަކާތަށް ޚާއްސަ ޓީޝާޓެއްވެސް ޑިޒައިންކޮށްފާވައިކަމަށާއި މި ޓީ.ޝާޓު ލިބޭނެ އިންތިޒާމްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހަމަޖައްސައު އެކަން ހާމަކުރާނެކަމަށް އެމްޑީޕީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް