ކަޓްލެޓްސް
ކަޓްލެޓްސް
ލައިފްސްޓައިލް 18 Mar 2024 | 04:02

ކަޓްލެޓްސް މީރިއްޔާ މިގޮތަށް ބަނބުކެޔޮ ކަޓްލެޓްސް ހަދައިގެން ކާންވާނެ ކޮންމެހެންވެސް!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ރޯދަމަހު ރޯދަވީއްލަން ތައްޔާރުކުރާ ހެދިކާ ތަކުގެ ތެރެއިން ކަޓްލެޓްސް އަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ އެއްޗެކެވެ. އާއްމުކޮށް ގިނަ މީހުން އަލުވި އިން ކަޓްލެޓްސް ހަދައި އުޅުނަސް ބަނބުކެޔޮ ތިޔާގި މިފަދަ މޫސުމެއްގައި ބަނބުކެޔޮ ކަޓްލެޓްސް އަކީވ ކޮންމެހެންވެސް އަޖުމަ ބަލާލަންޖެހޭ އެއްޗެކެވެ.  އަލުވި ކަޓްލެޓްސް އަށްވުރެ ތައްޔާރު ކޮށްލަންވެސް މާ ފަސޭހަވާނެ އެވެ.

ބޭނުންވާ ތަކެތި

1 ދަޅު މަސް

1 ޖޯޑު ބަނބުކެޔޮ (ފެނުކައްކައި މަޑު ކުރުމަށްފަހު މޮޑެފައި)

1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)

1 ސައިސަމުސާ އަސޭމިރުސް

2 ފިޔާ (ކުދިކޮށް ކޮށާފައި)

1 ލުނބޯގެ ހުތް

4 ބިސް (ގިރާފައި)

2 ޖޯޑު ފާރޮށިކުނޑި

ހިކަނދިފަތް

ތެޔޮ (ތެލުލުމަށްޓަކައި)

ލޮނު

ތައްޔާރު ކުރާނެ ގޮތް:

1) ފިޔާ، މިރުސް، ހިކަނދިފަތް އަދި ލޮނު އެއްކޮށް ރަނގަޅަށް މޮޑެލުމަށްފަހު އޭގެ ތެރެއަށް ލުނބޯ ހުތް އަޅާފައި ވެސް ރަނގަޅަށް މޮޑެލާށެވެ.

2) ދެން މަސްދަޅު އަޅާލާފައި މޮޑެލުމަށްފަހު މަޑު ކޮށްފައިހުރި ބަނބުކެޔޮ ކޮޅު އަޅާލާފައިވެސް ރަނގަޅަށް މޮޑެލާށެވެ. އަދި އަސޭމިރުސްކޮޅު އަޅާފައި ހުރިހާ އެއްޗެއް މޮޑެ އެކުލަވާލާށެވެ.

3) ދެން މަސްގަނޑުން ކުދި ގުޅަ ހަދާލާށެވެ.

4) ކަޓްލެޓްސް ގުޅަތައް ގިރާފައި ހުރި ބިސް އެތީގެ ތެރެއަށް ލުމަށްފަހު ފާރޮށިކުނޑި އެއްޗަށް ލައި ވަށައިގެން ރަނގަޅަށް ފާރޮށިކުނޑި ހާކާށެވެ. (މި ސްޓެޕް އަދި އެއްފަހަރު ތަކުރާރު ކޮށްލައިފި ނަމަ ކަޓްލެޓްސް ވަރަށް މީރުވާނެ އެވެ)

5) ދެން އުނދުން މައްޗަށް ތެޔޮ އެއްޗެއް އުދާފައި، ތެޔޮ ހޫނުވީމާ ފާރޮށިކުނޑި ލާފައި ހުރި ކަޓްލެޓްސްތައް ރަތްވަންދެން ތެލުލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...