N/A
N/A
ހަބަރު 20 Jan 2019 | 04:12

ލިވަޕޫލް ހަނި ގޮތަކަށް މޮޅުވިއިރު އާސެނަލް ލަންޑަން ޑާބީ ކާމިޔާބުކޮށްފި

ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް 4-3 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރި ހޯދައި އެއްވަނައިގަ ހިފަހައްޓަމުން އަންނަ ލީޑް ދަމަހައްޓައިފިއެވެ.

ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައިވަނީ ޕެލަސްއެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޓައުންސެންޑެވެ. ނަމަވެސް ސަލާހް އަދި ފިރްމީނޯ ޖަހައިދިން ލަނޑުތަކާއެކު ލިވަޕޫލްވަނީ 53 ވަނަ މިނެޓުގައި މެޗުގެ ކުރި ހޯދާފައެވެ.

ޕެލަސްގެ ޓޮމްކިންސް ޖަހައިދިން ލަނޑަކާއެކު މެޗުގެ ނަތީޖާ އަނެއްކާވެސް ހަމަހަމަވެގެން ދިޔައިރު ދެންވެސް ލިވަޕޫލްއަށް ލީޑް ނަގައިދިނީ ސަލާހްއެވެ. ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި މާނޭ ލިވަޕޫލްގެ ލީޑް ފުޅާކޮށްދިންއިރު ޕެލަސްވެސް ވަނީ ހަމަ މި ވަގުތުކޮޅުގެ ތެރޭގައި ލަނޑެއް ޖަހާފައެވެ.

މި މެޗުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ތަރި ސަލާހް އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހި ލަނޑުތަކުގެ އަދަދުވަނީ 50 އަށް އަރާފައެވެ.

ލިވަޕޫލްގެ ފަރާތުން ފެނުނު ހަތަރު ލަނޑުތެރެއިން ދެ ލަނޑުގައި ޕެލަސްގެ ކީޕަރު ހެދި ގޯސްތަށް ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ.

ލިވަޕޫލްގެ މެދުތެރެއަށް ކުޅެމުން އަންނަ މިލްނާއަށްވަނީ ދެ ރީނދޫ ކާޑް ހަމަވުމުގެ ސަބަބުން ދެއްކި ރަތް ކާޑާއެކު މެޗު ނިމެން ވަރަށް ގާތްވެފައިވަނިކޮށް ދަނޑުން ފޮނުވާލާފައެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގަ އޮތް ލިވަޕޫލްއަށް ޖުމްލަ 60 ޕޮއިންޓް ލިބިފައިވާއިރު އެއް މެޗް މަދުން ކުޅެގެން މެންޗެސްޓާ ސިޓީ ތާވަލުގެ ދެވަނައިގަ އޮތާ 53 ޕޮއިންޓާއެކީއެވެ.

ކުރިއަށް އޮތް ލީގު މެޗުގައި ލިވަޕޫލް ބައްދަލުކުރާނީ ލެސްޓާ ސިޓީއާއެވެ.

ލަންޑަން ޑާބީގައި ޗެލްސީގެ މައްޗަށް ފަސޭހަކަމާއެކު އާސެނަލް ކުރި ހޯދާފައިވަނީ 2-0 ކުންނެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ޗެލްސީގެ ފަރާތުން ވަރަށް ދަށް ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އާސެނަލްގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ފްރާންސްއަށް ނިސްބަތްވާ ދެ ކުޅުންތެރިން ކަމުގައިވާ ލަކަޒެޓް އަދި ކޮޝިއެލްނީއެވެ. އާސެނަލްގެ ފަރާތުން ފެނުނު ލަނޑުތައް ޖަހާފައިވަނީ ލިބުނު ސެޓް ޕީސްތަކުގެ ފައިދާ ނަގައިގެން ކަން ފާހަގަކޮށްލެވެއެވެ.

މެޗައި ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް އުނައި އެމެރީ ބުނީ މޮޅުވުމުން ވަރަށް ހިތްމަޖެހޭ ކަމުގައެވެ. އަދި އާސެނަލްގެ މުސްތަގްބަލަށް އޭނާ ކުރާ އުންމީދު ވަރަށް ބޮޑު ކަމަށައި ނަމަވެސް އަމިއްލަ ދަނޑު އަދި އަމިއްލަ ދަނޑުން ބޭރުގައި ކުޅޭ މެޗުތަކުގައި ރަނގަޅު ބެލެންސްއެއް ގެންގުޅެން ޖެހޭކަންވެސް އެމެރީ ފާހަގަކުރިއެވެ.

އެމެރީ މިކަން ފާހަގަކޮށްފައިވަނީ މިދިޔަ ހަފްތާގައި ވެސްޓް ހަމް އަތުން އާސެނަލް ބަލިވި ބަލިވުމަށް ކަމަށް ލަފާކުރެވެއެވެ.

މެޗުން ބަލިވުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ ހުރި ޗެލްސީގެ ކޯޗް ސަރީ ބުނީ އޭނާގެ ޓީމުގެ ދެކެ އޭނާ ވަރަށް ބޮޑަށް ރުޅިއައިސްފަ ހުރިކަމުގައެވެ. ހުރިހާ ކަމަކަށްވުރެވެސް ޗެލްސީ ކުޅުންތެރިންގެ މެންޓަލް އެޕްރޯޗައި ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމުގައިވެސް ސަރީ ބުންޏެވެ. އާސެނަލް ކާމިޔާބުކުރި ފުރަތަމަ ލަނޑުންވެސް ފެނިގެން ދިޔައީ ޗެލްސީ ކުޅުންތެރިން މެޗުގެ ތެރެއަށް ނުވަދެ އޮތް މިންވަރުކަން ކަމުގައި ސަރީ ފާހަގަކުރިއެވެ.

މި މޮޅާއެކު އާސެނަލްވަނީ ތާވަލުގެ ހަތަރުވަނައިގަ އޮތް ޗެލްސީއާ ދެމެދު އޮތް ފަރަގު އެންމެ ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ. މެންޗެސްޓާ ޔުނައިޓެޑް 44 ޕޮއިންޓް ހަމަކޮށްފައިވާއިރު 44 ޕޮއިންޓް ހޯދައި ލަނޑުގެ ތަފާތުން ކުރި ހޯދައިގެން އާސެނަލް އޮތީ ތާވަލުގެ ފަސްވަނައިގައެވެ. ޗެލްސީއަށް ލިބިފައިވަނީ 47 ޕޮއިންޓެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...