އުސެއިން ބޮލްޓް ޕްރޮފެޝެނަލް ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމަށް ކުރާ އުންމީދު ތަކާއި ގާތަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދުވުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގު ވާ ބޮލްޓް ޕްރޮފެޝެނަލް ފުޓްބޯޅަ ކުޅުން ތެރިޔަކަށް ވުމަށް ކުރާ އުންމީދު ތަކާއި ގާތަށް ޖެހިލައިފިއެވެ.
ޖެމެއިކާއަށް ނިސްބަތްވާ ބާރުގަދަ ދުވުން ތެރިޔާ ބޮލްޓް އޮސްޓްރޭލިޔާގެ އޭ ލީގުގެ ސެންޓްރަލް ކޯސްޓް މެރީނާސްއަށް ކުޅެދިން ޓްރެއިލް މެޗެއްގައި ވަނީ 2 ލަނޑުޖަހާފައެވެ. މިއާއެކު އޭނާ ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމަށް ކުރާ އުންމީދު ތަކައް ވަނީ އައު އުންމީދެއް ލިބިފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ބޮލްޓް ބުނެފައިވަނީ ކުދި ކުދި ގޯސްތައް ހެދުން ކަމަށާއި އެހެންނަމަވެސް މެޗުގެ ފުރަތަމަ 11 ގައި ހިމެނި 2 ލަނޑު ޖެހުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ސަޕޯޓް ކުރާ ބޮލްޓް ސެންޓްރަލް ކޯސްޓް މެރީނާސްއާއި ގުޅުނީ މިއަހަރުގެ އޯގަސްޓް މަހުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް