ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ބުދުތަކެއް ހިފަހައްޓައިފި
ރާއްޖެއަށް އިންޑިޔާއިން އެތެރެކުރި ގިނަ އަދަދެއްގެ ބުދުތަކެއް ހިފަހައްޓައިފިއެވެ.
މި ބުދުތައް ކަސްޓަމްސްގެ ފަރާތުން މިރޭ ހިފަހައްޓާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.
ރާއްޖެ އެތެރެކުރި 28 ބުދު މިރޭ ހިފަހައްޓާފައިވާކަން ކަސްޓަމްސްގެ މީޑިއާ އޮފިސަރު އައިޝަތު ވިލިނީ ވަނީ ޔަގީންކޮށްދެއްވާފައެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިލިނީ ވިދާޅުވީ ހިފަހައްޓާފައިވަނީ އަޅުކަން ކުރަން ބޭނުންކުރާ ފަދަ ބުދުތަކެއް ކަމަށާއި އޭގެ ތެރޭގައި 27 ކުދި ބުދާއި އެއް ބޮޑު ބުދު ހިމެނޭ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް