ތިނަދޫގައި އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫއުއެއް!
އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫއުއެއް ގދ.ތިނަދޫގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެމުން ތިނަދޫ ކައުންސިލުން ވިދާޅުވީ އެ މަޝްރޫއުގެ ދަށުން އެރަށުގެ ހުޅަނގުފަރާތުގެ ތިން ހެކްޓަރުގެ ބިމުގައި ސޯލަރ ޕެނަލް ހަރުކުރުމަށް ރޭވިފައިވާ ކަމަށެވެ.
މި ސޯލަރ ޕެނަލްތައް އެޅުމަށް ނިންމާފައިވަނީ އެރަށު ގޮނޑުދޮށް ޙިމާޔަތް ކުރުމަށްޓަކައި ޖަހާފައި ހުރި ޖިއޯ ބޭގްތަކާ ދިމާއިން އެއްގަމާ ވީ ފަޅީގައެވެ. އެގޮތުން އެރަށުގެ ކުނިކޮއްޓާއި ހިސާބުން ފެށިގެންގޮސް ދަޑުކޮޑާ އަވަށާއި ހަމައަށް އެއްކޮޅުން އަނެއް ކޮޅަށް ސޯލަރ ޕެނަލް ހަރުކުރުމަށް ރޭވިފައިވެއެވެ.
އެމަޝްރޫއުގެ ދަށުން ސޯލަރ ޕެނަލްތައް އެޅުމަށް ހަމަޖެހިފައިވަނީ ބިމުން ފެށިގެން 8 ފޫޓު މަތީގައެވެ.
އެސަރަހައްދު ޕާކިން ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށްވެސް ވަނީ ނިންމާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް