މިއީ ތި ހީކުރާ ކަހަލަ ކަމެއް ނޫނެވެ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް އަކީ އޭނާގެ ތަނަވަސްކަމާއި ދީލަތި ކަމަށް މުޅި ރާއްޖެއަށް މަޝްހޫރު ބޭފުޅެކެވެ. ރާއްޖެ ޑިމޮކްރަސީއަށް ފުރޮޅާލި ފަހުން އެކި ގޮތް ގޮތުން އަބަދުވެސް ހަބަރުތަކުގެ ފަލަ ސުރުހީއަށް އަރަމުން އަންނަ ސިޔާސީ ލީޑަރެކެވެ.
ޤާސިމް އަކީ އޭނާގެ ސިޔާސީ ހަޔާތާއެއްވަރަށް ޒާތީ ދިރިއުޅުމުގައި ވެސް ވަރަށް ކާމިޔާބު ފަރާތެކެވެ. ކުރެއްވި ކައިވެނި ތަކާއި ގިނަ އަނބިކަބަލުންނަކީ އަބަދުވެސް މީހުންގެ ސަމާލުކަން ހުއްޓިފައިވާ އެވާހަކަ ދައްކަމުންދާ ކަންކަމެވެ.
އެގޮތުން އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި ދަނީ ޤާސިމް އިބްރާހިމްގެ ވީޑިއޯއެެއް ދައުރު ކުރުވަމުންނެވެ. ވީޑިއޯއިން ފެންނަނީ ޅަފުރައިގެ އަންހެން ކުއްޖަކާ ވާހަކަ ދައްކަމުންދާ މަންޒަރެވެ. އަދި އަތުގައި ހިފާ ފިތާ ތަނެވެ.
މިއީ 12 އޮކްޓޯބަރުގައި ޖޭޕީއިން އދ އަށް ކުރެއްވި ދަތުރުފުޅުގައި ނަގާފައިވާ ވީޑިއޯއެކެވެ. މިޔާއެކު ޤާސިމް އާއި ބެހޭގޮތުން ތަފާތު ތުހުމަތު ކުރެވި ސޯޝަލް މީޑިއާ ފްލަޑް ކޮއްލެވުނެވެ.
https://www.facebook.com/ibilees.bonfilio/posts/10155591765380303?_rdc=1&_rdr
ކަންވީ އެންމެން ހީކުރިގޮތަކަށް ނޫނެެވެ.
ކަންހިނގައި ދިޔަގޮތާއި ޤާސިމް އިބްރާހިމް އެހަ ގާތްކޮށް ވާހަކަދައްކައި ހެދީ ކާކުކަން ސާފު ވާވަރުވީ ޖޭޕީގެ ސްޕޯކްޕާސަން ކުރެއްވި ޓްވީޓާއެކުއެވެ.

ޤާސިމް އިބްރާހިމް ވާހަކަ ދައްކަމުން ދިޔައީ ޤާސިމްގެ ދައްތާފުޅުގެ ދަރިކަނބަލަކާއެވެ. އަދި ޖެހިގެން ޤާސިމް އިބްރާހިމްގެ ހަނގު އަބިކަނބަލުން އައިސަތު ނަހުލާވެސް އިންނެވިއެވެ. މިއީ އާއިލީ ބޭފުޅުންތަކު ތެރޭ ޤާސިމް އިބްރާހިމް އިންނަވަނިކޮށް ކޮށްފައިވާ ވީޑިއޯއެކެވެ.
ޤާސިމްގެ އަށް ވަނީ މިފަހުން ރައީސް ނަޝީދާ ދެކޮޅު ޓުވީޓެއް ރީޓުވީޓް ކުރައްވައިގެން އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑަށް މައްސަލަހޫނުވެފައެވެ. މިއާއެކު ދޭތެރެ ދޭތެރެއިން ބަހުގެ ހަމަލާ ޤާސިމްއަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ދަނީ އެކު ފަރާތްތަކުން ދެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް