ކޮމަންވެލްތުގެ އޭސިއާ ޕެސިފިކްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާއްޖެ ވަޑައިގެންފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކޮމަންވެލްތުގެ އޭސިއާ ސްޕެސިފިކްއަށް ކަޓައަޅުއްވާފައި ހުންނަ ސަފީރު އޮނަރަބަލް މާރްކް ފިލްޓް ރާއްޖެ ވަޑައިގެން ސެކެރަަޓަރީ އަލްފާޞިލް އަހްމަދު ސަމީރުއާ ބައްދަލ ކުރައްވައިފިއެވެ.
މާރްކް ފިލްޓް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިދަތުރުފުޅުގައި ރާއްޖޭގެ ގިނަ ބޭފުޅޫންތަކަކާ ބައްދަލު ކުރައްވާނެ ކަމަށާއި އޭގެ ތެރެއިން އިންތިޙާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ބައްދަލު ކުރަށްވާ ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަ ކުރުމަށް އިނގިރޭސިވިލާތައް ކޮށްދެވެންހުރި ކަންކަމާމެދު މަޝްވަރާކުރަން އުންމީދު ކުރައްވާކަމުގައެވެ.
23 ސެޕްޓެންބަރ ގައި ބޭއްވި ރިޔާސީ އިންތިހާބު އިއްތިހާދުގެ ކެނޑިޑޭޓް ކާމިޔާބު ކުރެއްވުމާ ގުޅިގެން ބޭރުގެ މަންދޫބުންނާއި އިސްވެރިން ގެންދަވަނީ އިބްރާހިމް މުހައްމަދު ސޯލިހް އާއި ބައްދަލު ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް