ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސާބިތުކޮށްދިނީ އަދުލު އިންސާފު ދިރިދެމިއޮތްކަން: ގާސިމް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ފިސާރި ސާބިތުކަމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިއަދު ސާބިތުކޮށްދިނީ އަދުލު އިންސާފު ދިރިދެމިއޮތްކަން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޓުވިޓާ މެދުވެރިކޮށް ގާސިމް މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނިމިދިޔަ ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެއްޅުއްވި ދުސްތޫރީ މައްސަލައިގަ އިންތިހާބު ބާތިލްކޮށް އަލުން އައު އިންތިހާބެއް ބާއްވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާއި ގުޅިގެންނެވެ.
އަނިޔާވެރިކަން އަދި މަކަރާއި ހީލަތަކީ އެއީ ހައްގު އެއްޗެއް ނޫންކަމާއި ނަސްރު ލިބޭނީ ހައްގު ގޮތުގައި ތިބި ބަޔަކަށް ކަންކަމުގައިވެސް ގާސިމުގެ ޓުވީޓުގައި ލިޔުއްވާފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް