މާލެ-ހުޅުމާލޭގެ އާންމު ފެރީ ހުއްޓާލަން ނިންމައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މާލެ އާާއި ހުޅުމާލެއާއި ދެމެދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކުންފުނިން ބާއްވަމުންގެންދާ ޝެޑިއުލް އާންމު ފެރީގެ ހިދުމަތް ހުއްޓާލުމަށް އެކުންފުނިން ނިންމައިފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެމުން އެކުންފުނިން ބުނީ އާންމު ފެރީތައް ހުއްޓާލަން ޖެހުނީ ސިނަމާލެ ބްރިޖް ހުޅުވުމާއި އެކު، ފެރީތައް ބޭނުންކުރާާ އަދަދު ކުޑަވުމުން ކަމުގައެވެ. ފެރީގެ އިތުރުން އެކްސްޕްރެސް ލޯންޗުގެ ހިދުމަތް ހޯދާ ފަރާތްތައްވެސް މަދުކަމަަށް އެކުންފުނިން މައުލޫމާތު ދެއެވެ.
އެމްޓީސީސީން މައުލޫމާތު ދޭގޮތުގައި މާލެ އާއި ހުޅުމާލެ އާއި ދެމެދު ދެމުން ގެންދާ އާންމު ފެރީގެ ހިދުމަތުގެ އިތުރުން މާލެ އާއި ހުޅުމާލެ އާ ދެމެދު ދެމުން ގެންދާ އެކްސްޕްރެސް ލޯންޗްގެ ހިދުމަތްވެސް ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މާލެ އާއި ހުޅުލެ އާ ދެމެދު ދެމުން ގެންދާ އެކްސްޕްރެސް ލޯންޗްގެ ހިދުމަތްވެސް ހުއްޓާލުމަށް ވަނީ ނިންމާފައެވެ. މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުގެ ދަންވަރު 12:00 ން ފެށިގެންނެވެ.
މި ހިދުމަތްތައް ހުއްޓާލެވުނަސް މިހާރެކޭ އެއްފަދައިން އެމްޓީސީސީ އިން މާލެ އާއި ހުޅުމާލެ އާއި ދެމެދު ބާއްވާ ޕްރިމިއަމް ފެރީގެ ހިދުމަތްތައް މިހާރެކޭވެސް އެއްގޮތަށް ކުރިޔަށް ގެންދެވޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މި ބަދަލުތައް ގެނެވުނަސް ހުޅުމާލޭގައި އެކުންފުނިން ދޭ ބަހުގެ ހިދުމަތަށް އިތުރު ބަދަލެއް އަދި ނުގެންނަކަމަށް ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޓޮލްފީ އަކާއި ނުލައި ސިނަމާލެ ބްރިޖް ބޭނުންކުރަން ހުޅުވާލުމުން ގިނަބަޔަކު ވަނީ ފެރީގެ ހިދުމަތްތައް ބޭނުންކުރުން ހުއްޓާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް