އިރާނުން މީގެ ކުރިން ފޮނުވާފައިވާ ސެޓަލައިޓެއް
އިރާނުން މީގެ ކުރިން ފޮނުވާފައިވާ ސެޓަލައިޓެއް
ދުނިޔެ 14 Sep 2024 | 08:37

ކާމިޔާބުކަމާއެކު ޖައްވަށް ސެޓެލައިޓެއް ފޮނުވާފައިވާ ކަމަށް އީރާނުން ބުނެފި

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ކާމިޔާބުކަމާއެކު ޖައްވަށް ސެޓެލައިޓެއް ފޮނުވާފައިވާ ކަމަށް އީރާނުން ބުނެފިއެވެ.

މި ސެޓަލައިޓަކީ ރިސާޗް ސެޓެލައިޓެއް ކަމަށާއި އީރާނުގެ ޕެރަމިލިޓަރީ ރިވޮލިއުޝަނަރީ ގާޑުން ކަމަށްވަނީ ބުނެފައެވެ.

އީރާނުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި ޖައްވަށް ފޮނުވާލި ޗަމްރަން-1 ސެޓެލައިޓުގެ ބަރުދަނުގައި 60 ކިލޯ ހުރި ކަމަށާއި އެ ސެޓެލައިޓް ކާމިޔާބުކަމާއެކު ޖައްވުގެ 550 ކިލޯމީޓަރުގެ އޯބިޓަށް ގޮސްފައިވާ ކަމަށެވެ.

އީރާނުން ބުނީ އުދުއްސާލި ސެޓްލައިޓުގެ ތެރެއިން ސެޓެލައިޓް އުފުލާ ރޮކެޓް ޣައިމް-100 އަކީ ސޮލިޑް ފިއުލް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ރޮކެޓެއްކަމަށެވެ. އަދި މި ރޮކެޓަކީ ގާޑް އެރޯސްޕޭސް ޑިވިޝަނުން އުފައްދާފައިވާ ރޮކެޓެއްކަމަށްވެސް ވަނީ ބުނެފައެވެ .

އީރާނުން ސެޓެލައިޓްތައް އޯބިޓަށް ފޮނުވަން ޒަމާނުއްސުރެ ރާވާފައިވީ ނަމަވެސް މިއީ އީރާނުގެ ރައީސް މަސްއޫދު ޕެޒްކިއަންގެ ވެރިކަމުގައި އުދުއްސާލި ފުރަތަމަ ސެޓްލައިޓެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް