ތަރާވީޙް ނަމާދަށް ރ އަތޮޅުގެ ކޮންމެ ރަށަކަށް ހާފިޒަކު ގެނައުމުގެ ޚަރަދުތައް އަތޮޅު ކައުންސިލް ބަޖެޓުން ހަމަޖައްސައިދީފި!
ކުރިއަށް އޮތް ރަމަޟާން މަހަށް ތަރާވީޙް ނަމާދު ކުރުމަށްޓަކައި ރ އަތޮޅުގެ ކޮންމެ ރަށަކަށް ހާފިޒަކު ގެނައުމުގެ ޚަރަދުތައް ރ އަތޮޅުގެ ކައުންސިލް ބަޖެޓުން ހަމަޖައްސައިދީފިއެވެ.
ރ އަތޮޅު ކައުންސިލުން ބުނީ، މިކަން ކޮށްފައިވަނީ ރަމަޟާންމަހު ތަރާވީހް ނަމާދު ކުރުމަށް ބޭރުން ހާފިޒުން ގެނައުމަށް ރަށު ކައުންސިލުތަކުން ކުރާ ޚަރަދުތަކަށް އެހީތެރިވުމުގެ މަގްސަދުގައި ކަމަށެވެ.
މިގޮތުން ރ އަތޮޅުގެ ކައުންސިލުން ވަނީ ކައުންސިލުން އެ އަތޮޅުގައި ހިމެނޭ 15 ރަށުގެ ތެރެއިން ކޮންމެ ރަށަކަށް 26،035 ރުފިޔާ ފޯރުކޮށްދީފައެވެ.
އަތޮޅު ކައުންސިލުން މިކަމުގައި ކުރާ ހަރަދު 390،525 ރުފިޔާއަށް އަރާއިރު، އެ އިދާރާއިން ބުނީ މިއީ ރަމަޟާން މަހު ރައްޔިތުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކުރުމަށް ރަށްތަކުގެ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތަށް އެހީތެރިކަން ދިނުމުގެ ގޮތުން ދޭ ފައިސާގެ އެހީތެރިކަމެއް ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް