ރައީސުލްޖުމްހޫރީޔާ ކަމުގެ ހުވާކުރައްވާނީ ނޮވެމްބަރު 17 ގައި ކަމަށް މަޖިލީހުން ފާސްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވާކުރައްވާ ދުވަހަކީ ނޮވެމްބަރ 17 ކަމުގައި ރައްޔިތުންގް މަޖިލީހުގެ އިއްތިފާޤުން ފާސްކުރައްވައިފިއެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގެ ބަހުޝް މަރުހަލާގައި އިދިކޮޅު މެންބަރުން ބަހުސް ކުރައްވާފައިވަނީ 11 ނޮވެމްބަރުގައި އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމަށެވެ.
ނަމަވެސް ކޮމެޓީ މަރުހަލާގައި މައްސަލަ ދިރާސާ ކުރެއްވި ކުރެއްވުމުން 2013 ވަނަ އަހަރު މަޖިލީހުގެ ރައީސް އާއި އޭރުގެ އުއްތަމަ ފަނޑިޔާރު ސޮއި ކުރައްވާފައިވާ އިޤުރާރަކަށް ރިއާޔަތްކޮށް އިންތިހާބީ ރައިސް ހުވާ ކުރައްވާނީ 17 ނޮވެމްބަރު ކަމަށް ނިންމާފައެވެ.
އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުން ރޭވިފައިވަނީ އެހެން ފަހަރުތަކެކޭ ތަފާތުކޮށް ގަލޮޅު ދަނޑުގައިކަން ފާހަގަކޮށްލަން ޖެހެއެވެ. މި ހަފްލާއަށް ވަނީ ސަރަހައްދީ ޤައުމުތަކުގެ އެންމެ އިސްެވެރިންނަށް ދައުވަތު އަރުވާފައެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑު ވަޒީރާއި ޕާކިސްތާނުގެ ބޮޑު ވަޒީރު ހިމެނި ވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް