ސުޕްރީމްކޯޓުގެ 4 ފަނޑިޔާރުން މިރޭ ކުއްލިގޮތަކަށް ޖޭއެސްސީއަށް ހާޒިރުކުރަނީ!
ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން ޖުޑިޝަލް ސާރވިސް ކޮމިޝަނަށް މިރޭ ހާޒިރުކުރަން ނިންމައިފިކަމަށް ވަރަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެއެވެ.
އެގޮތުން މިރޭ ޖޭއެސްސީއަށް ހާޒިރުކުރުމަށް ނިންމާފައިވަނީ އެންމެ ފަހުން އައްޔަން ކުރެވުނު ދެ ފަނޑިޔާރުން ފިޔަވައި ދެން ތިއްބެވި ފަނޑިޔާރުންކަމަށް މައުލޫމާތު ލިބެއެވެ.
މި ފަނޑިޔާރުން މިރޭ ހާޒިރު މިކުރަނީ މީގެ ކުރިން މި ފަނޑިޔާރުންކޮށްފައިވާ ހުކުމްތަކާ މެދު ސުވާލުކުރުމަށް ކަމަށް "ވޮއިސް"އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
ޤާނޫނީ ބޭފުޅުން މިމައްސަލަގައި ވިދާޅުވާގޮތުގައި ފަނޑިޔާރަކު ކޮށްފައިވާ ހުކުމަކާއި ބެހޭގޮތުން ސުވާލު ކުރުމުގެ ބާރެއް، އަދި ފުރުސަތެއްވެސް ދިވެހި ރާއްޖޭ އަދި ބައިނަލް އަޤުވާމީ ހަމަތަކުންވެސް ލިބިފައިނުވާކަމަށެވެ.
ދިވެހިރާއްޖޭގައި މިހާތަނަށް ފަނޑިޔާރަކުކޮށްފައިވާ ހުކުމަކާއި ބެހޭގޮތުން ސުވާލުކޮށްފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް