މަސްބަތް:ފޮޓޯ/ ވޮއިސް
މަސްބަތް:ފޮޓޯ/ ވޮއިސް
ލައިފްސްޓައިލް 13 Sep 2024 | 05:28

މި ހުކުރު މެންދުރަށް ދިވެހި ކެއުމެއް ތައްޔާރު ކޮށްލުމަށް ބިލިމަގު މަސްބަތް ކިހިނެއް ވާނެ؟

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މަސްބަތަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ދިވެހި ކެއުމެކެވެ. އެކި މީހުން މަސްބަތް ކައްކައި އުޅެނީވެސް އެކި ގޮތަށެވެ. މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރުކޮށް މަސްބަތް ކައްކާނެ ގޮތެވެ.

ބޭނުންވާ ތަކެތި

2 ޖޯޑު ރޯމަސް (ކޮށާފައި)

1 ޖޯޑު ވަޅޯމަސް (ކޮށްފައި)

1 މަސް ދަޅު

2 ޖޯޑު ހަނޑޫ

2 ފިޔާ

4 ލޮނުމެދު

1 ޖޯޑު ވަށްކޮށް ކޮށާފައިހުރި ބިލިމަގު

2 މޭޒުމަތީ ސަމްސާ މުގުރި އަސޭމިރުސް

1/2 ސައި ސަމުސާ މުގުރި ދިރި

3 ޖޯޑު ކާށީކިރު

ހިކަނދިފަތް

ރާނބާފަތް

1 ސައި ސަމުސާ އިނގުރު (ގާނާފައި)

ގިތެޔޮ މިރުސް

ހިކި މިރުސް

ތެޔޮ

ނޫޑުލްސް ސޫޕް ޕެކެޓް

ލޮނު

ތައްޔާރު ކުރާނެގޮތް

1) އިނގުރުކޮޅާއި 1 ލޮނުމެދު ގާނާފައި، އަސޭމިރުސް ކޮޅަކާއި ލޮނުކޮޅެއްގެތެރޭގައި ކޮށާފައިހުރި ރޯމަސް މެރިނޭޓް ކޮށްލެއްވުމަށްފަހު ތެޔޮފޮދެއްގެތެރޭގައި މުށި ކުލަ އަރަންދެން ފްރައި ކޮށްލައްވާށެވެ.

2) ދެން ތެލި އުނދުން މައްޗަށް އުދުމަށްފަހު ތެޔޮފޮދެއްއަޅާލާށެވެ. ތެޔޮފޮދު ހޫނުވުމުން ފިޔާ، ލޮނުމެދު، ހިކަދިފަތް އަދި ރާނބާފަތް، ހިކިމިރުސް އަދި ގިތެޔޮ މިރުސް އަޅައި ފިޔާކޮޅު މޯޅިވަންދެން ކައްކާލާށެވެ.

4) އެއަށްފަހު، ތެލުލި ރޯމަހާއި، ކޮށާފައި ހުރި ވަޅޯމަސް، އަދި މަސްދަޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލައްވާށެވެ.

3) ދެން ދޮވެފައިހުރި ހަނޑޫކޮޅުއެޔަށް އަޅާލުމަށްފަހު ހަނޑޫކޮޅުވެސް އޭގެތެރޭގައި ފްރައިކޮށްލައްވާށެވެ. ފްރައި ވުމުން ކާށީކިރާއި ސޫޕްޕެކެޓް، އަދި ލޮނު އަޅާލުމަށްފަހު ފެން މަދު ނަމަ، ފެންފޮދެއް އަޅާލުމަށްފަހު މަތިޖަހައިގެން ކައްކާލާށެވެ.

5) ބަތް އެތި މަތިން ހިނދެން ކައިރިވާންފެށުމުން ބިލިމަގު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލައްވާށެވެ.

6) ދެން ރަހަ ބަލަމުން ލޮނު ހެޔޮވަރު ކުރާށެވެ. ބަތް އެތި ރަނގަޅަށްމަޑުވެ، ކުޑަކޮށް ޗަސްކޮށް ހުންނަ ވަރުވުމުން އުނދުން ނިއްވާލައްވާށެވެ.

މި މަސްބަތް ތެލުލި ރިހާކުރުކޮޅަކާއި އެކު ލުނބޯ އަދި ރޯމިރުސް ކޮޅެއް ޖަހާލައިގެން ކާލަން ވަރަށް މީރުވާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...