ޖުމްހޫރީ 50 މެޑަލް ހުރިހާ ފުލުހުންނަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މި ނޮވެންބަރ 11 ގައި ރާއްޖޭގެ ޖުމްހޫރީޔާއަށް 50 އަހަރު ފުރޭ މުނާސަބާއާ ގުޅިގެން ކޮންމެ ފުލުހަކަށް މެޑަލެއް ދިނުމަށް ނިންމައިފިއެވެ.
މިގޮތަށް މީގެކުރިން މިނިވަން ފަންސާހާއި ގުޅިގެންވެސް ވަނީ ހުރިހާ ފުލުހުންނަށް މެޑަލް ދީފައެވެ.
މިއަދު މިގޮތަކަށް ފުލުހުންގެ އިދާރާއިން ނިންމާފައިވަނީ ފުލުހުންގެ މަޤާމުގެ ކުރިއެރުން ދިނުމާއި ޝަރަފުގެ ނިޝާން ދިނުމުގެ ޤަވާއިދަށް މިއަދު ގެނައި އިސްލާހާއެކުއެވެ.
މިއިސްލާހުގައި ބުނެފައިވަނީ މި ނޮވެންބަރ 11 ވާ އާދިއްތަ ދުވަހާއި ހަމަަށް ފުލުހުންގެ ވަޒީފާގައި ދެމިހުރި ކޮންމެ ފުލުހަކަށް ޖުމްހޫރީ 50 ގެ މެޑަލް ދޭން ނިންމާފައިވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް