ވެސްޓްހޭމް ކުޅުންތެރިން ރޭގެ މެޗަށްފަހު..
ވެސްޓްހޭމް ކުޅުންތެރިން ރޭގެ މެޗަށްފަހު..
ކުޅިވަރު 25 May 2026 | 03:22

ވެސްޓްހޭމް ރެލިގޭޓްވިއިރު ސްޕާސް ހަނިގޮތަކަށް ސަލާމަތްވެއްޖެ

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އިނގިރޭށި ޕްރިމިއާ ލީގް މި ސީޒަންގެ ފަހު މެޗްތައް ރޭ ކުލެ ނިންމާލިއިރު ވެސްޓްހޭމް ޔުނައިޓެޑް ރެލިގޭޓްވެ، ޓޮޓެންހަމް ހޮޓްސްޕާ ހަނިގޮތަކަށް ސަލާމަތްވެއްޖެއެވެ.

ޕްރިމިއާ ލީގްގައި ރޭ ސްޕާސް ސަލާމަތްވީ އެވަޓަން އާ ދެކޮޅަށް ކުޅުނުމެޗް، ކާމިޔާބުކޮށްގެންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މިމެޗް އެވަތަންގެ މައްޗަށް އެޓީމް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ފެނިގެންދުޔަ މުހިންމު ލަނޑު ސްޕާސްއަށް ކާމިޔާބުކޮށްދިނީ، 43 ވަނަ މިނެޓް ތެރޭގައި ޕަލިންހާ އެވެ.

ރޭގެ މެޗަށްފަހު ސްޕާސް ކުޅުންތެރިން.. ފޮޓޯ: ގެޓީ

ޕްރިމިއާ ލީގްގައި ރޭ ވެސްޓްހޭމް ޔުނައިޓެޑާ ލީޑްސް ބައްދަލުކުރިމެޗް ވެސްޓްހޭމް ކާމިޔާބުކުރިނަމަވެސް ސްޕާސް މޮޅުވުމުން ޕްރިމިއާ ލީގް ޖާގައެއް ހޯދުމަށް ވެސްޓްހޭމުން ކުރަމުން އައި އުއްމީދު ވަނީ ގެއްލިފައެވެ. ރޭ މެޗުން ސްޕާސް މޮޅުވުމުން ރެލިގޭޓްނުވެ އެޓީމް ސަލާމަތްވީ ދެ ޕޮއިންޓްގެ ތަފާތަކުންނެވެ.

ޕްރިމިއާ ލީގް މެޗްތައް ނިންމާލިއިރު 41 ޕޮއިންޓާއެކު ތާވަލްގެ 17 ވަނަ ސްޕާސްއަށް ލިބުނުއިރު، ވެސްޓްހޭމްއަށް ލިބުނީ 39 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...